ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރުވެސް 600 އަށްވުރެ ގިނަ މަޝްރޫޢު އެބަ ހިންގަން: މިނިސްޓަރު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްލޭނިންގް މިނިސްޓްރީގެ ބެލުމުގެ ދަށުން ސަރުކާރުން މިހާރުވެސް 600 އަށްވުރެ ގިނަ މަޝްރޫޢުތައް ހިންގަމުންދާކަމަށް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ހާޒިރުވެ ހުންނަވައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސަރުކާރުން މިހާރު ހިންގަމުންދާ މަޝްރޫޢުތަކުގެ އަދަދުތަކާއި ގުޅޭ ގޮތުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީއިން މިހާރުވެސް 600 އަށްވުރެ ގިނަ ޕްރޮޖެކްޓުކު ކުރިއަށް ގެންދާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ގިނަ އަދަދެއްގެ މަސައްކަތްތަކެއް އެއް ފަހަރާ ކުރިއަށް ގެންދާތީ، އެންމެހާ މަސައްކަތްތަކާއި ގުޅޭ ހުރިހާ ތަފްސީލެއް ހިތުން ކިޔާ ނުދެއްވޭނެކަން އެންމެހާ މެމްބަރުންވެސް ގަބޫލުކުރައްވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ށ ނަރުދޫގެ ބަނދަރާއި ގުޅޭގޮތުން ޖެހޭނީ މައުލޫމާތު ސާފުކުރައްވަންކަމަށެވެ. އަދި ށ ފީވަކުގެ މޫދަށް އެރޭ ސަރަހައްދުގެ މަސައްކަތްތައް ކުރިއަށް އޮތް މާޗު މަހުގެ ތެރޭގައި ޓެންޑަރ އަށް ފޮނުއްވާނެކަމަށްވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މެމްބަރު އަލީ ރިޒާ ސުވާލު ކުރެއްވީ، ގިނަ އަދަދެއްގެ މަސައްކަތްތަކާއި ގުޅޭ ގޮތުންކަމަށެވެ. އަދި ތަފްސީލުތަކަށް ބެލުމެއް ނެތި، ހަދަމުންދާ ބަނދަރުތަކާއި އެހެނިހެން އެފަދަ ވަސީލަތްތައް ތަރައްގީ ކުރެވިގެންދާ އަދަދުތައް ދަންނަވަން އެނގިވަޑައިނުގަންނަވާކަމަށާއި، “ބައިވަރު” މަސައްކަތްތައް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

600 އަށް ވުރެ ގިނަ ޕްރޮޖެކްޓު ހިންގަމުންދާކަމަށް ތަކުރާރު ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެ އަދަދުގެ ތެރެއިން ބިނާ ކުރާ ގެދޮރުގެ އަދަދުތައް ދަންނަަވަން ނޭނގޭކަމަށެވެ. އެހެންނަމަވެސް 1 އެއަރޕޯޓު ނިންމާ ދެވަނަ އައަރޕޯޓެއް މާޗު މަހުގެ 15 ވަނަ ދުވަހު ހުޅުވާނެކަމަށާއި އިތުރު ދެ އައަރޕޯޓެއްގެ އަމަލީ މަސައްކަތްތައް ކުރިއަށް ދާއިރު، އެހެނިހެން އައަރޕޯޓުތައް ބިނާ ކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތްތައްވެސް ކުރުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ބޮޑެތި ރަށްތަކުގައި މަގު ހެދުމުގެ މަސައްކަތްތައްވެސް ކުރިއަށް ދާކަމަށެވެ. އެގޮތުން ގދ ގައްދޫ، ތިނަދޫ އަދި އައްޑޫ ހުރިހާ ރަށަކާއި އެހެނިހެން އަތޮޅުތަކުގެ ރަށްތަކުގައިވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، މިހާރު ކުރެވެމުންދާ ރަށްތައް ނޫން އެހެނިހެން ރަށްތަކުގައިވެސް މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާކަމަށެވެ. އެހެންނަމަވެސް ދަންނަވާ އަދަދުތައް ދިމާ ނުވެދާނެކަމަށް ވުމާއިއެކު އެކަމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: