ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ސަރުކާރުގެ 390 ސިޔާސީ މަގާމަށް ފާޑުކިޔުމަށް ފަހު މިހާރު 1420 މަގާމު އުފައްދައިފި: ޝިޔާމް

ޕީޕީއެމް ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަކީ، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި 390 ސިޔާސީ މަގާމު އުފައްދައިގެން، އެ އަދަދާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ސަރުކާރަށް ފާޑުވިދާޅުވި ބޭފުޅެއްކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ މަގާމުތަކުގެ އަދަދަކީ 1420 ކަަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ކެމްޕެއިން ދުވަސްވަރު އެމްޑީޕީއިން އެ ޕާޓީގެ ސަރުކާރެއްގައި ނުކުރާނެ ކަންކަން ބަޔާންކޮށްފަވާކަމަށެވެ. އަދި ރައީސް ޔާމީން ދަރަނިތައް އިތުރުކުރައްވަމުންދާކަމަށް ބުނެ ފާޑުކިޔާފައިވާކަމަށާއި، އެމްޑީޕީގެ ސަރުކާރެއްގައި “މަތިބަރު” ނުވާނެކަމަށްވެސް ބުނެފައިވާކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، “މަތިބަރު” ނުވާނެކަމަށް ވިދާޅުވީ، ރައީސް ސާލިހު ކަމަށެވެ. ޝިޔާމް ވިދާޅުވީ، ދައުލަތުގެ މަތިބަރު ވާހަކަތައް ދެކެވުނު އިރު ދައުލަތުގައި ހުރީ 390 ސިޔާސީ މަގާމުކަމަށެވެ. އެހެންނަމަވެސް ރައީސް ސާލިހު އޭރު ވިދާޅުވީ، ސިވިލް ސާވިސް މުއައްޒިފުން ތިބޭ ކަމަށާއި އެހެންކަމުން ސަރުކާރު ހިނގާނެކަން އެނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ދެއްކެވި ވާހަކަތަކަށްފަހު، މިއަދު ވެރިކަމަށް ވަޑައިގަތުމުން ކަންކަން ބަލާއިރު، ފެނިގެންދަނީ 1420 ސިޔާސީ މަގާމު އުފައްދާފައިވާތަން ކަމަށެވެ.

މީގެ އިތުރުން އިގްތިސާދާއި ގުޅޭގޮތުންވެސް ޝިޔާމްވަނީ ވާހަކަދައްކާފައެވެ. އޭނާ ވިދާޅުވީ، އިގްތިސާދީ ކަންކަން ހަރުދަނާކުރުމަށާއި ދުވެލި ވަރުގަދަ ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށެވެ. އަދި ލިޔުނު އެއްވެސް އެއްޗެއްވެސް ނެތް އިރު، ލިޔެފައި ހުރި ކަންކަން ފޮހެލުމަށްފަހު، މި ސަރުކާރުން އުޅެނީ ޗާޕު ކުރާ މެޝިނެއް ގެނެސްގެންކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ޗާޕު ކުރެވިދާނެކަމަށެވެ. އަދި އެކަން ކޮށްގެން ބޭނުންވާ މީހުންނަށް ލުއި ލޯނު ދިނުން ފަދަ ކަންކަން ކުރެވިދާނެކަމަށް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ހަގީގަތުގައި އެސްއެމްއީ ލޯނުވެސް ދޭން ފެށީ ރައީސް ޔާމީންގެ ދައުރުގައިކަމަށެވެ.

ފައިސާ ޗާޕު ކުރުމުން ވެގެންދާ ގޮތާއިމެދު ވާހަކަދައްކެވުމަށް ކެރިވަޑައިނުގަންނަވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ޝިޔާމް ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ، ޗާޕު ކުރުމުން ގެއަށް ގަންނަ ކިރުދަޅުގެ އަގުވެސް ބޮޑުވެގެންދާކަމަށެވެ. އަދި އެހެނިހެން ތަކެތިވެސް އަގު ބޮޑުވެގެންދާކަމަށާއި ޗާޕުކުރުމުން ވަނީ އެ އުނދަގޫތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ ދައްކަމުންދާ ގޭ ކުލިއަށްވެސް އަސަރުތައް ކުރާނެކަމަށާއި ޗާޕު ކުރުމުގެ ސަބަބުން ރައްޔިތުންގެ ޖީބަށް ބުރަ ބޮޑުވާ ވާހަކަތައް އެމްޑީޕީގެ ރައީސް ސާލިހު ފެކްޝަނަށް ނިސްބަތްވާ ބޭފުޅުންނަށް ދައްކަވަން ކެރިވަޑައިނުގަންނަވާ ސަބަބާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: