ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ތެރޭގައި އިންތިހާއަށް ކޮރަޕްޝަން އެބަ އޮތް: އިބްރާހިމް ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑެ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ”އިންތިހާއަށް ކޮރަޕްޝަން“ އެބަ އޮތްކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އެމްޑީޕީގެ އެތެރޭގެ މައްސަލަތަކަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން އިބްރާހިމް ރަޝީދުވަނީ ޕާޓީގެ އެތެރޭގައި ކޮރަޕްޝަން އޮތްކަމަށް ހާމަކުރައްވާފައެވެ. އެނާ ވިދާޅުވީ، އެ ވާހަކަތައް ދައްކަވަން ފެއްޓެވީ އިންތިހާބާއި ގުޅިގެން ނޫންކަމަށެވެ. އަދި އެ ކަންބޮޑުވުންތައް ފާޅުކުރައްވަމުންދާތާ އަހަރުތަކެއް ވެފައިވާކަމަށް އިބްރާހިމް ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، ސަރުކާރުގެ އެކި މަގާމަތުގައި ތިއްބެވި ބޭފުޅުނަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެވެސް އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންކަމަށެވެ. އަދި ކުންފުނިތަކުގެ ފަރަތްތަކާއިއެކު، މުޅި ދައުލަތްވެސް އޮތީ އެމްޑީޕީގެ ތެރޭގައިކަމަށް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، އެހެން އޮތުމުގެ ސަބަބުން ޖަވާބުދާރީ ކުރުވުން އޮތީ އުނދަގޫކަމެއްގެ ގޮތުގައިކަމަށެވެ. އަދި ޖަވާބުދާރީ ކުރުވަނީ ދައުލަތެއްގެ ސިފައިގައި ހިންގުމަށްކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް އިންތިހާބު ބޯ މަތިވެފައި އޮއްވާ އެންމެ ފަހުންވެސް ފެނިގެންދިޔައީ 39،000 މެމްބަރުން ވަކި ކުރި މަންޒަރުކަމަށް އެނާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ނަމަވެސް ވޯޓެއް ނެގިގެންދިޔައީ ރައްޔިތުންގެ މެދުގައިކަމަށެވެ.

އެހެންނަމަވެސް ފެނިގެންދިޔައީ ދިވެހިރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާއި ގާނޫނާއިވެސް ހިލާފަށް 39،000 މީހެއްގެ އަތުން ވޯޓު ލުމުގެ ހައްގު ނިގުޅައިގަތްތަންކަމަށް އިބްރާހިމް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ވޯޓު ލީ ވަކި ގޮތަކަށް ހޮވޭނެ ގޮތަށް ހިސާބުތަކެއް ހެދުމަށް ފަހުކަމަށެވެ.

އޭނާ ވިދާޅުވީ، ޗެއަރޕާސަން އިންތިހާބުގެ ތެރޭގައި ވޯޓުތައް ބެލުމަށް ކޯލް ސެންޓަރުތަކުން ގުޅާކަމަށެވެ. އަދި އިމްތިޔާޒްއަށް ވޯޓު ދޭނެ މެމްބަރުންތަކެއް އެހެން ޕާޓިތަކަށް ލާފައި ހުރިކަމަށްވެސް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ވޯޓު ލުމުގެ ތެރޭގައިވެސް އެތައް ނޭދެވޭ އަމަލެއް ހިންގާފައިވާކަމަށެވެ. އެނާ ވިދާޅުވީ، ވޯޓު ނެގިގެންދިޔައީ ޑިމޮކްރެޓިކް އުސޫލަކުން ނޫންކަމަށެވެ.

އިބްރާހިމް ވިދާޅުވީ، ވޯޓު ނެގީ ވާދަވެރި އިންތިހާބެއްގެ ތެރެއިން އެންމެހާ ރައްޔިތުންވެސް ގަބޫލުކުރައްވާނެ އުސޫލެއްގެ މަތިން ނަމަ އެނާވެސް ވޯޓުގެ ނަތީޖާ ގަބޫލު ކުރައްވާނެކަމަށެވެ.

އުފެދިފައިވާ މައްސަލަތަކާއި ގުޅިގެން އެމްޑީޕީގެ ކުރިމަގު ބައްޓަންވަމުންދާ ގޮތާއިމެދުވެސް އިބްރާހިމް ވާހަކަދެއްކެވިއެވެ.

އިބްރާހިމް ވިދާޅުވީ، އެ ޕާޓީއަކީ ދިވެހި ގާނޫނުއަސާސީ އަދި ޕާޓީގެ މެނިފެސްޓޯ އާއި ސިޠާސަތުތައް ނެގެހެއްޓުމަށް ވެރިކަމަށް އައި ޕާޓީއެއްކަމަށެވެ. އެނާ ވިދާޅުވީ، ރައްޔިތުންގެ ކުރިމަގު ފެންނަނީ ރަނގަޅު ގޮތެއްގެ މަތީ އޮންނަ ތަންކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި ”އޮތް ނުބައެއް ނަމަ“ ނެރޭނެކަމަށްވެސް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، އެކަން ކުރާނެ ގޮތް އެނާ އަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި މީގެ ކުރިންވެސް ހުދުމުތާރު ވެރިކަމެއްގެ ތެރެއިން ނުކުމެފައިވާކަމަށާއި މި ވެރިކަން ނިމެންވެސް ދެން އޮތީ ކުރު މުއްދަތެއްކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: