ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނގުރޫޓުކޮށްލުމަށް މަސައްކަތްކުރަމަކީ ޒިންމާދާރު އިދިކޮޅު ބަޔަކުވެސް ނުކުރާނެ ކަމެއް: އިބްރާހިމް ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް).
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ބަނގުރޫޓުކޮށްލުމަށް މަސައްކަތްކުރަމަކީ ޒިންމާދާރުކަމާއެކު އިދިކޮޅުގެ ރޯލެއް އަދާ ކުރަމުންދާ ބަޔަކު ކުރާނެ ވަރު ކަމެއް ނޫންކަމަށް ބުނެ، މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ރައީސް މުހްމަދު ނަޝީދުގެ ފެކްޝަނަށް ރައްދު ދެއްވައިފިއެވެ.

މި އަހަރުގެ ތެރޭގައި ދަރަނީގެ އަދަދުތައް 113 ބިލިއަނަށް އަރާނެކަމަށް ބުނެ ދަރަނިތައް ރީސްޓްރަކްޗާ ކުރުމަށް އެދި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ގަރާރެއް ހުށަހަޅާފައެވެ. އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންވެސްވަނީ ދަރަނީގެ އަދަދުތައް މަތިވެފައިވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގައުމު ބަނގުރޫޓުވާނެ ފަދަ ހާލަތެއް މެދުވެރިވެދާނެކަމާއިމެދު ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ، ގައުމު ބަނގުރޫޓުކޮށްލުމަށް މަސައްކަތްކަރަމުންދަނީ ސަރުކާރަށް ޖެއްސުމަށްކަމަށެވެ. އެހެންނަމަވެސް އެއީ ޒިންމާދާރު އިދިކޮޅު ބަޔަކު ހިންގާނެ ފަދަ އަމަލެއް ނޫންކަމަށް އެނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ސަރުކާރާއި އިދިކޮޅަށް މަސައްކަތްކުރަމުންދާ މީހުން، އެކަން ކުރަމުންދަނީ ވަކި ހުދޫދެއްގެ ތެރޭގައި ނޫންކަން ހިތާމައާއިއެކު ދަންނަވާކަމަށެވެ.

އެނާ ވިދާޅުވީ، ގައުމު ބަނގުރޫޓު ވެއްޖެކަމަށާއި ދަރަނިތައް ދެއްކެން ނެތްކަމަަށް އިއުލާނު ކުރުމުން ލިބިގެންދާ މޮޅުތަކެއް އޭނާ އަށް މަސައްކަތްކޮށްވެސް ވިސްނިވަޑައިނުގެންނެވިކަމަށެވެ. އަދި އިދިކޮޅަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށްވެސް ލިބޭ މޮޅެއް ދެއްކިފައިނުވާކަމަށާއި، ސަރުކާރަށް ފާޑުކިޔުމުގެ ބޭނުމުގައިވެސް ކޮށްގެން ނުވާނެ ކަންކަން ހުންނާނެކަމަށް އެނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކޮވިޑްގެ ދަތި ހާލަތުގައި ގައުމުގެ އިގްތިސާދު ހުއްޓިޔަ ނުދީ، ކުރިއަށް ގެންދިޔައީ ދަރަނިވެސް ނަގައިގެންކަމަށެވެ. އަދި އެކަން އެވަގު ކުރީ ކުރެވެން އޮތް ގޮތަށް ކަމަށާއި، ރައީސް ސާލިހުގެ ސަރުކާރުން މިހާރުވެސް ބަރާބަރަށް ދަރަނިތައް ދައްކަވަމުން ގެންދަވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ދިވެހިރާއްޖެ ޑީފޯލްޓު ނުވާކަމަށާއި އިގްތިސާދު ކުރިއަށް ދާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: