ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއުޒިކަލް އައިޑޮލްގެ ޓިކެޓް މޫލީ – އުރީދޫ މޯލްޑިވްސް އީކޮމާސް ޕްލެޓްފޯމުން ބައްލަވައިގަނެވޭނެ: އުރީދޫ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއުޒިކަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަރަށް ފަސޭހައިން މިއުޒިކަލް އައިޑޮލްގެ ޓިކެޓް މޫލީ – އުރީދޫ މޯލްޑިވްސް އީކޮމާސް ޕްލެޓްފޯމުން ބައްލަވައިގަނެވޭ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިއުޒިކަލް އައިޑަލް އަކީ 3 މާޗް 2023 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ދިވެހި އަދި އިންޑިއާގެ ހުނަރުވެރިން ލަވަކިޔުންތެރިންނާއެކު ބާއްވާ މިއުޒިކް ޝޯއެކެވެ.

އިންޑިއަން އައިޑޮލް ސީޒަން ތިނަކުން އެއްވަނަ ހޯދައިފައިވާ ޕަވަންދީޕް އާއި ރަނަރަޕް އަރޫނީތާ ގެ ހުނަރު މި ޝޯއިންފެނިގެންދާނެ އެވެ.

މީގެ އިތުރުން މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ރަނަރަޕް ޝަލަބީ އާއި ގިނަ ބައެއްގެ ލޯބި ލިބިފައިވާ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ރަފިއްޔާތު ވެސް ބެލުންތެރިންނަށް ފެނިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

މިއުޒިކަލް އައިޑޮލްގެ ޓިކެޓުގެ އަގުތަކަކީ:

  • ރެގިއުލަރ ކްލާސް 80 ރުފިޔާ
  • ފަރސްޓ ކްލާސް 150 ރުފިޔާ
  • ސިލްވާ ކްލާސް 500 ރުފިޔާ

މޫލީއިން ޓިކެޓް ގަތުމުން މާލެ އާއި ހުޅުމާލޭގައި ހުންނަ ކްލަބް ޕްރިމިއާ ލައުންޖާއި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ޓިކެޓް ނެގޭނެ އެވެ.

ޓިކެޓް ގަތުމަށް http://ore.do/musicalidol ޒިޔާރަތްކޮށް ބޭނުންވާ ޓިކެޓް ކެޓަގަރީ ޓިކެޓް ގަނެވޭނެ ކަމަށް އުރީދޫއިން ބުނެއެެވެ.

ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މި ޕްލެޓްފޯމްގެ ލުއިފަސޭހަކަމާއި މަންފާ ލިބިގަތުމަށް މޫލީ އިން މަރުހަބާ ކިޔާ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: