ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރީ ދުވަހާއި ގުޅުވައި ވެމްކޯގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް

ފޮޓޯ-ސަންގު ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން(ވެމްކޯ) ގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލުތަކެއް އަންނާނެކަމަށް ބުނެފިއެވެ.

ވެމްކޯއިން ނެރިފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން، ބަދަލުތަކެއް ގެނައުމަށް ކަނޑައެޅިފައިވަނީ އެ ކުންފުނީގެ އަހަރީ ދުވަހުގައިކަމަށެވެ. އެހެންކަމުން 22 ފެބްރުއަރީ 2023 ވަނަ ދުވަހު ހިދުމަތް ދޭ ގަޑިތަކަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެހެންނަމަވެސް އެ ބަދަލުތައް އަންނާނީ އެ ދުވަހަށް އެކަނި ކަމަށް ފާހަގަކޮށްފައިވެއެވެ.

ވެމްކޯއިން ބުނެފައިވާގޮތުން އެ ދުވަހު، ގްރޭޓާރ މާލެ ސަރަހައްދުގެ ޓްރާންސްފާ ފެސިލިޓީ، ކުނި ނެގުމުގެ ހިދުމަތް އަދި ޑިސްޕޯޒަލް ސައިޓުގެ ހިދުމަތް ދޭ ގަޑިތަކަށްވެސް ބަދަލުތަކެއް އަންނާނެއެވެ.

ވެމްކޯއިން ބުނެފައިވާގޮތުން މާލޭ، ވިލިމާލެ އަދި ހުޅުމާލޭގެވެސް ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 08:00 އިން ފެށިގެން ހަވީރު 17:00 ގެ ނިޔަލަށެވެ. މާލޭގެ ހައުސްލޯޑް ކަލެކްޝަންގެ ހިދުމަތްތައް ކުރިއަށް ގެންދާނީ މެންދުރު 14:00- 17:00 އަށް ކަމަށް ބުނެފައިވެއެވެ.

ވެމްކޯއިން ދެމުންދާ ކޯލް އެންޑް ޕިކްއަޕް ހިދުމަތްތައް ދޭނެ ކަމަށް ބުނެފައިވަނީ ހެނދުނު 9:00- 16:00 އަށް ކަމަށްވާއިރު، ހުޅުމާލޭގެ ހައުސް ލޯޑް ކަލެކްޝަންގެ ހިދުމަތް ދިނުމަށް ކަނޑައެޅިފައިވަނީ 12:00- 17:00 އަށެވެ. އެހެންނަމަވެސް ޕޭސް ދެއެއްގެ އެ ހިދުމަތްތައް ހެނދުނު 7:00 ގައި ފެށޭނެ ކަމަށާއި 15:00 ގެ ނިޔަލަށް ދެމުންދާނެކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން ވިލިމާލޭގެ ހައުސް ލޯޑް ކަލެކްޝަންގެ ހިދުމަތްތައް ފަށާނީ މެންދުރު 14:00 ގަި ކަމަށެވެ. އަދި ހަވީރު 17:00 ގެ ނިޔަލަށް ދެމުންދާނެކަމަށާއި ތިލަފުށި ޑިސްޕޯސަލް ސައިޓުގެ ހިދުމަތް ދިނުމަށް ކަނޑައެޅިފައިވަނީ  ހެނދުނު 8:30 އާއު 17:00 އާއި ދެމެދު ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: