ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްއާއި އެކު ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކަށް ދައުވަތުދީފި

މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގް
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އާއެކުގައި މަސައްކަތް ކުރުމަށް ވާދަވެރި އެހެން ސިޔާސީ ޕާޓީތަކަށް ޕީޕީއެމް އިން ދައުވަތުދީފިއެވެ.

މިއަދުގެ މަޖިލީހުގައި ދައުލަތުގެ ދަރަނި ރީސްޓްރަކްޗރ ކުރުމާއި ބެހޭ ގޮތުން ބަހުސްކުރައްވަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނޫން ގޮތެއް ހޯދަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ތާރިގް ވަނީ ޕީޕީއެމް އާއި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ޅިޑަރުންނަށް ދައުވަތު އަރުވާފައެވެ. އެގޮތުން ތާރިގް ވިދާޅުވީ ރަނގަޅު ގޮތަކީ ޕީޕީއެމް އާއި އެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ފެށުން ކަމަށެވެ.

ތާރިގް ވިދާޅުވީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުލެއް ކަމަށާއި އެމްޑީއޭއިން މިއަހަރުގެ އިންތިހާޞުގައި ޕީޕިއެމް އާއި އެކުގައި މަސައްކަތް ކުރުމަށް ދައުވަތު އަރުވާ ކަަމަށެވެ. އަދި ޖުމްހޫރި ޕާޓީއިންވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި އެކު ކޯލިޝަން ހެދުމަށް ތާރިގް ދައުވަތު ދެއްވިއެވެ.

ތާރިގް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާޙިމް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެކައްޗެއް ކިޔުއްވައިގެން ނިކުންނަވައިފި ނަމަ ރައީސް ސާލިހަށް އިންތިހާބުން ތިން ވަަނަ ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: