ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކ. ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވެއްޖެއެވެ.

ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާތާ ދުވަސްތަކެއް ވެއްޖެއެވެ. ރިޒާ އަވަހާރަ ވެފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

ރިޒާއަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެ ވަޑަެއިގަންނަވާ މެމްބަރެކެވެ. ރިޒާ އަލީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ކ. ގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެދްވާ ފަރާތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރިޒާ ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުކަން ކުރައްވާފައެވެ. އަދި ރިޒާ އަކީ ގާނޫނީ ވަކީލެކެވެ.

ގާނޫނުއަސާސީގެ 79 މާއްދާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: