ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު، އައިއެމްއެފް އާއި ވޯލްޑް ބޭންކްއިންވެސް މިކަން ފާހަގަކުރޭ: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކަމަށާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކްއިންވެސް މިކަން ފާހަގަކުރާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމުގެ ދަރަންޏާއި އަދި އިގްތިސާދާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ، އައިއެމްއެފް އިން މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ރާއްޖޭގެ އިގްތިސާދު އަދި މާލީ ހާލަތު މެނޭޖުކުރެވެމުންދާ ގޮތާއިމެދު އައިއެމްއެފްގެ ކަންބޮޑުވުމެއް ނެތްކަމަށް ބުނެފައިވާކަމަށެވެ.

މިއީ ސަރުކާރުންވެސް ތަކުރާރުކޮށް ފާހަގަކުރަމުން އައި ވާހަކައެއްކަމަށް މިއުވާން ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަންޏާއިި، މުޅި އިގްތިސާދީ ހާލަތު އެބަ އަޅުގަނޑުމެންނަށް މެނޭޖުކުރެވޭ.

މިއުވާން ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުންކަމަށާއި، އަދި އެ ފިޔަވަޅުތަކާއި ގުޅިގެން އައިއެމްއެފް އާއި ވޯލްޑް ބޭންކް އަދި ދުނިޔޭގެ އެހެން ގައުމުތަކުންނާއި އިކޮނޮމިސްޓުންވެސް އެކަން ފާހަގަކުރާކަމަށެވެ. ގައުމުގެ އިގްތިސާދީ އަދި މާލީ ހާލަތާއި ގުޅިގެން ސިޔާސީ ގޮތުން ދެކިވަޑައިގަންނަވާ ގޮތް ތަފާތުވުމުން، ކަން އޮތް ގޮތް ބަދަލުނުވާނެކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވަނީ ވޯލްޑްކަޕްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގަތަރަށް ކުރެއްވި ދަތުރުފުޅުގައި ހަރަދުތައް ހިނގައިދިޔަ ގޮތުގެ ތަފްސީލުދެއްވާފައެވެ. މި ދަތުރުގެ ހުރިހާ ހަރަދެއްކުރައްވާނީ ރައީސް ސާލިހު އަމިއްލަފުޅަށްކަމަށް ރައީސް އޮފީހުން ބުނެފައިވީ ނަމަވެސް ރައީސް އޮފީހުން 9 ލައްކައަށްވުރެ ގިނަ ރުފިޔާ މި ދަތުރަށް ހަރަދުކޮށްފައިވާތީ ނޫސްވެރިޔަކު ވަނީ މިކަން ފާހަގަކޮށް ސުވާލުކުރައްވާފައެވެ.

ޖަވާބުގައި މިއުވާން ވިދާޅުވީ ރައީސް އޮފީހުން ހަރަދުކޮށްފައިވާނީ ރައީސުލްޖުމްހުރިއްޔާގެ ސަޕޯޓިން ޓީމަށްކަމަށާއި، އަދި އެމަނިކުފާނަކީ ރައިސުލްޖުމްހުރިއްޔާކަމުން ކޮންމެ ތާކަށް ވަޑައިގެންނެވި ނަމަވެސް ސަޕޯޓިން ޓީމް ދާން ޖެހޭކަމަށެވެ.

އެދުވަސްވަރަކީ ވޯލްޑް ކަޕް ދުވަސްވަރަށްވާތީ ހޮޓަލްތަކުގެ އަގުތަކާއި ޓިކެޓުގެ އަގުތައް ހުރީ އާންމުކޮށް ދަތުރުކުރާއިރަށްވުރެ ބޮޑުކޮށް. އެހެންވީމަ ރައީސްގެ ސެކިއުރިޓީއަށް ބޭފުޅުން ވަޑައިގަންނަވާއިރު، އެ ހަރަދުތައް. ރައީސް ހަރަދުތައް އަޅުގަނޑު ކުރިންވެސް މި ދެންނެވިހެން ޓިކެޓާއި އެހުރިހާ ހަރަދެއް ރައީސް އަމިއްލަފުޅަށްކުރެއްވީ.

ރައީސް އާއި އެމަނިކުފާނުގެ އާއިލާގެ ހަރަދުތައް ކުރައްވާފައިވަނީ އެމަނިކުފާނު އަމިއްލަފުޅަށްކަމަށާއި، ގަތަރު ދަތުރުގައި ރައީސްގެ ދެކަނބަލުން އަމިއްލަފުޅަށް ޓިކެޓު ނެންގެވިއިރު ތިއްބެވުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސީ ގަތަރުންކަމަށް މިއުވާން ވިދާޅުވިއެވެ. އިތުރަށް ރައީސް އޮފީހުގެ ފަރާތުން ކުރި ހަރަދުތައް އެހާ ބޮޑުވެގެން ދިޔައީ، ވޯލްޑް ކަޕާއި ދިމާކޮށް ޓިކެޓާއި އަދި ހޮޓާތަކުގެ އަގުތައް މަތިވެފައިވުމުންކަމަށް މިއުވާން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: