ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ދައުވަތު އެމްޑީއޭއަށް ދީފި

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމްޑީޢޭގެ ލީޑަރު އަހުމަދު ސިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ދައުވަތު އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އިން މޯލްޑިވްސް ޑިވޮލަޕްމަންޓް އެލައިންސް (އެމްޑީއޭ) އަށް ދީފި ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީއޭ އިން ބުނީ އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީއޭ އާއި އެކުގައި ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި އެމްޑީއޭ އިން ބުނި ގޮތުގައި ޕީޕީއެމް އާއި އެކު ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ނިންމި ނިންމުން މިއަދުގެ ވަގުތެއްގައި ހާމަކުރާނެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުން ދަނީ މަޝްވަރާ ކުރަމުންނެވެ.

އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ އެޕާޓީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ޕާޓީތަކަށް ސިޓީ ފޮނުއްވާފައެވެ. އެގޮތުން އަދާލަތު ޕާޓީގެ ފަރާތުން ދާދިފަހުން ވަނީ ރައީސް ސާލިހްއަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ތާއީދު ކުރުމަށް ނިންމާފައެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ސާލިހް އަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށް ފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކާއި އާއިލާތަކުގެ ދުޅަހެޔޮ ކަމާއި އިޖްތިމާއީ އަދާލަތު ގާއިމްކުރުމަށް އިސްކަން ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމައަށް ހޯދުމަށް އެއްބަސްވެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ސާލިހްގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ހުސްވި ހަފްތާގެ ތެރޭގައި ބައްދަލުކޮށްފައެވެ.

ޤާސިމްގެ އަމިއްލަފުޅު ރިސޯޓެއް ކަމަށްވާ ސަން އައިލެންޑްގައި އަލީ ނިޔާޒް އާއި ޤާސިމް އަދި އަސްލަމް ބައްދަލުކުރައްވައިފައިވެއެވެ. ބައްދަލުވުމަށްފަހު އަލީ ނިޔާޒް ވިދާޅުވީ އެ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީ އިން އެހެން ޕާޓީތަކާއި އެކު ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ރައީސް ސާލިހް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: