ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެގްޒިމް ބޭންކުގެ އެހީގައި މަޝްރޫއުއެއް ކުރިއަށްދާނަމަ ޓެކްސް މައާފުކޮށްދޭންޖެހޭ: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކަށް ދައްކަންޖެހޭ ޓެކްސް މައާފުކުރީ، އެގްޒިމް ބޭންކުގެ އެހީގައި މަޝްރޫއުއެއް ކުރިއަށްދާނަމަ ޓެކްސް މައާފުކޮށްދޭންޖެހޭތީކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ކުންފުނިތަކުން ރާއްޖެއަށް ދައްކަން ޖެހޭ ޓެކްސް މައާފުކޮށްފައިވީ ނަމަވެސް، ދިވެހި ރައްޔިތުންގެ އަތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އިންޒާރު ދީފައިވާކަން ނޫސްވެރިއަކު ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ސުޓޫޑެންޓް ލޯނު ނުދައްކާ ދަރިވަރުން ކޯޓަށް ގެންދާނެކަމުގެ އިންޒާރު ސަރުކާރުން ދީފައިވާކަމަށާއި، އަދި ހިޔާ ފްލެޓުގެ ކުލި ނުދެއްކޭ ފުލުހުންނާއި އެމްއެންޑީއެފްގެ ބޭފުޅުންނަށްވެސް އިންޒާރުގެ ސިޓީ ފޮނުފައިވާކަމަށް ނޫސްވެރިޔާގެ ސުވާލުގައި ވަނީ ފާހަގަ ކޮށްފައެވެ.

އިންޑިއާގެ ކުންފުނިތަކަށް ލުއި ގޮތް ހެއްދެވުމަށްފަހު، ނިކަމެތި ރައްޔިތު މީހާއާއިމެދު މިގޮތަށް ކަންތައްކުރައްވަނީ ކީއްވެގެންތޯ ސުވާލުކުރުމުން މިއުވާން ވިދާޅުވީ ސަރުކާރުން ޓެކްސް މައާފުކޮށްދީފައިވާނީ އިންޑިއާގެ ކުންފުނިތަކަށް ނޫންކަމަށެވެ. އެއީ ދިވެހިރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ކުންފުނިތަކާއިއެކު އެއްބަސްވެފައި އޮންނަ އެގްޒިމް ބޭންކްގެ އުސޫލުތަކުގައި ހިމެނިފައި އޮންނަކަމެއްކަމަށް ވިދާޅުވިއެވެ. އެގްޒިމް ބޭންކުން ލޯނު ނަގައިގެން އެ ބޭންކްގެ އެހީގައި މަޝްރޫއުއެއް ހިންގާނަމަ، އެ ގައުމަކުން ޓެކްސްއާއި ޒިންމާވުމަކީ އެގްޒިމް ބޭންކުގެ އުސޫލުތަކުގެ ތެރޭގައި އޮންނަ ގޮތްކަމަށް މިއުވާން ވިދާޅުވިއެވެ. އެގްޒިމް ބޭންކުގެ އެހީއާއިއެކު ކުރިއަށްގެންދިޔަ މަޝްރޫއުތަކުގައި އަބަދުވެސް ކަންތައްކުރަމުން އައީ މިފަދައިންކަމަށާއި، އެއީ އިންޑިއާގެ ކުންފުނިތަކަށްވީތީ ނިންމި ނިންމުމެއްނޫންކަމަށް މިއުވާން ވިދާޅުވިއެވެ.

އެހެންވީމަ އެ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކަށް އެގްޒިމް ބޭންކުގެ އެ ޓާމްގެ ތެރޭގައި އެކަންތައް ހިމެނޭތީ އެކަން ކުރަނީ، ކޮންމެހެން އަޅުގަނޑުމެން ހަމަ ތިނެފަ އިންޑިއާގެ ކުންފުނިތަކަށް ޓެކްސް މައާފުކުރަނީއެއް ނޫން.

މިއުވާން ވިދާޅުވީ ގާނޫނުގެ ދަށުން އެކަމާއި ގުޅޭ ލިސްޓެއް ތައްޔާރުކުރަންޖެހޭކަމަށާއި، އެހެންކަމުން މި ވަގުތު ކުރިއަށްދާ މަޝްރޫއުތަކުގެ ޓެކްސް މައާފުކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ކުންފުނިތަކުން ދައްކަން ޖެހޭ ޓެކްސްނޫންކަމަށާއި، އެއީ ވަކި މަޝްރޫއަކަށް ދައްކަންޖެހޭ ޓެކްސްކަމަށް މިއުވާން ފާހަގަކުރެއްވިއެވެ.

ނޫސްވެރިންގެ ގާތުގައި މިއުވާން އެދިލެއްވީ މިފަދަ ހަބަރުތައް ރިޕޯޓުކުރައްވާއިރު ބޭންކުތަކުގެ އުސޫލުތައް އޮންނަ ގޮތް ބައްލަވާލެއްވުމަށެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ ސްޓޫޑަންޓް ލޯނު ނުދައްކާ ދަރިވަރުން ގޮވައިގެން ކޯޓަށް ދާ ވާހަކަ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެކަން ވީހާވެސް އެކަށީގެންވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވުމަށްޓަކައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: