ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނީގެ މައްސަލަ ހައްލު ކުރެވޭނީ އުފައްދާ މިންވަރު ދަށްކޮށްގެން: ޝައުނާ

މިނިސްޓަރު އައިމިނަތު ޝައުނާ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ކުނީގެ މައްސަލައަށް ހައްލެއް ގެނައުމައްޓަކައި އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ ކުނި އުފައްދާ މިންވަރު މަދު ކުރުންކަމަށް އެންވައިރަމެންޓު މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ކުރިއަށް ގެންދިޔަ ވެމްކޯގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރުވަނީ ކުނި އުފައްދަމުންދާ މިންވަރު އިތުރު ވަމުންދާކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ، މާލެ ވިލިމާލެ އަދި ހުޅުމާލެއިން އުފައްދަމުންދާ ކުނީގެ އަދަދުތައް މަދު ނުކުރެއްވިއްޖެ ހާލަތެއްގައި ތިލަފުއްޓަށް ފޮނުވައިގެން ކުނި މެނޭޖު ކުރުން ވެގެންދާނީ އަގުބޮޑު އަދި ދަތިކަމަކަށް ކަމަށެވެ.

ކުނީގެ މައްސަލަ އާއިމެދު ކުރެއްވި ޓްވީޓެއްގައި ޝައުނާ ވިދާޅުވީ، އެކި ބާވަތުގެ ކުނި ހިމެނޭގޮތަށް އާންމު ގޮތެއްގައި ތިލަފުށިން 800-1000 ޓަނުގެ ކުނި ބަލައިގަންނަކަމަށެވެ. އަދި އެ އަދަދުގެ ތެރޭގައި ކޮންސްޓްރަކްޝަން ސިނާއަތުގެ ތެރެއިން އުފައްދާ ކުނި ނުހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޝައުނާ ވިދާޅުވީ، ކޮންސްޓްރަކްޝަން ސިނާއަތުގެ ތެރެއިން އުފައްދާ ކުނީގެ ގޮތުގައި ކޮންމެ ދުވަހަކުވެސް 150 ޓަނާއި ގާތް ކުރާ އަދަދެއްގެ ކުނި ތިލަފުށިން ބަލައިގަންނަކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެންމެ ފުރަތަމަ ޖެހޭނީ ކުނި އުފައްދަމުންދާ މިންވަރު ދަށްކުރުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: