ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އަދި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ހޯދަން ޖެހޭނެ: ނަޝީދު

ޜައީސް ނަޝީދު އިންޑީއާގެ ސަފީރު އާއިއެކު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އަދި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ހޯދުމަށް މަސައްކަތްކުރަން ޖެހޭނެކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއިމެދު އެމަނިކުފާނާއިވެސް ވާހަކަދައްކަވަމުންދާކަމަށް ޗެއަރޕާސަން ފައްޔާޒު ވިދާޅުވުމާއިއެކު، ބޭނުންކުރައްވާ ނުރަސްމީ ޓްވިޓާރ އެކައުންޓު މެދުވެރިކޮށް ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބާއިމެދު އެމަނިކުފާނު އެމްޑީޕީއާއިކު ކުރައްވާނެ އެއްވެސް މަޝްވަރާއެއް ނޯތްކަމަށެވެ.

ކުރެއްވި ޓްވީޓްއަށް ފަހު އެމަނިކުފާނު ވިދާޅުވި ވާހާކައިން ރައީސް ނަޝީދު ބައެއް ކަންކަން ބަދަލު ކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީ އާއި އެކު ކުރާނެ މަޝްވަރާއެއް ނެތްކަމަށް ވިދާޅުވީ، އޮޅިވަޑައިގެންކަމަށެވެ. އަދި ރާއްޖެ އާއި އެމްޑީޕީއަށް އެންމެ ހެޔޮ ގޮތް ހޯދުމަށް މަސައްކަތް ކުރަން ޖެހޭކަމަށާއި، އެހެންނަމަވެސް ރައީސް ސާލިހު އާއި އެކު ހުންނަވައިގެން އެކަން ވާން އޮތް ކަމަށް ދެކިވަޑައިނުގަންނަވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
21%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 79%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: