ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މައިދާނުގައި ދިމާވި ކަންކަމާއި ގުޅިގެން އެއްވެސް މީހަކަށް ހިތް ބުރައެއް ނޫން: ގާސިމް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، މިނިސްޓަރު އައިޝަތު ނަހުލާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަސައްކަތުގައި ދިމާވާ ކަންކަމަކީ އެކަކު އަނެކާއަށް ހަސަދަ ލާންޖެހޭ ސަބަބެއް ނޫންކަމަށާއި، އެނާ އަށް ދިމާވެފައިވާ ކަންކަމާއިމެދު އެއްވެސް ހިތް ބުރަކަމެއް ނެތްކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ ޕާޓީއިން ކުރިއަށް ގެންދާ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ކުރިމަތިވި ގޮންޖެހުންތަކުގެ ސަބަބުން، 2018 ވަނަ އަހަރުގެ ތެރޭގައި އެ ޕާޓީގެ ބައްދަލުވުން ބާއްވަން ޖެހުނީ މާލެއިން ބޭރުގައިކަމަށެވެ. އެނާ ވިދާޅުވީ، އެ ދުވަސްވަރު ސިޔާސީ ލީޑަރުން އުޅުއްވީ އެކި މައްސަލަތަކުގެ ތެރޭގައިކަމަށެވެ. އަދި އޭނާ އަކީވެސް އެތައް ދަތިތަކެއް ތަހައްމަލް ކުރަން ޖެހުނު މީޙެއްކަމަށާއި، ހާޒިރު ތިއްބެވި އެހެނިހެން ޕާޓީތަކުގެ އިސް ފަރާތްތައްވެސް އެފަދަ ކަންކަން ތަހައްމަލުކޮށްފައިވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސިޔާސީ ކަންކަމުގެ ތެރެއިން ދިމާވާ ކަންކަމާއި ގުޅުުވައި އެކަކު އަނެކާ އަށް ހަސަދަލައި ފަހަތުން ނެއްޓެން ނޭނގި އުޅެން ނުޖެހޭކަމަށެވެ. އެނާ ވިދާޅުވީ، އެނާ އަށް ދިމާވި ކަންކަމާއި ގުޅުވައި އެއްވެސް ހިތް ބުރަކަމެއް ނުގެންގުޅުއްވާކަމަށެވެ.

ތަހައްމަލު ކުރި ދަތިތަކަށް އަލި އަޅުއްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، 2018 ވަނަ އަހަރުގެ ތެރޭގައި ގިނަ ސިޔާސީ ލީޑަރުން ތިބީ އެކި ސިޔާސީ ކަންކަމާއި ގުޅުވައި ހައްޔަރު ކުރެވިފައިކަމަށެވެ. އެނާ ވިދާޅުވީ، ބައެއް ބޭފުޅުން ތިއްބެވީ ބޭރު ގައުމުތަކުގައި ނޫނީ ޖަލު ގޯޅިތަކެއްގައިކަމަށެވެ.

ގާސިމް ވިދާޅުވީ، ނުހައްގުން ކުރި ހުކުމެއްގެ ސަބަބުން އެނާވެސް ބޭރު ގައުމެއްގައި ހުންނެވިކަމަށެވެ. އެހެންނަމަވެސް ޕާސް ޕޯޓު އަތުލުން ފަދަ ދަތިތައް ކުރިމަތިވެގެންދިޔަކަމަށާއި އެ ދުވަސްވަރު އުޅުއްވަންޖެހުނީ ގައުމެއް ނެތް މީހެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، ސިންގަޕޫރުގައި ހުންނެވުމަށާއި ޖަރުމަނު ވިލާތަށް ފުރާވަޑައިގަތުމަށްވެސް އެހީތެރިވެވަޑައިގެންނެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުކަމަށެވެ. ގާސިމް ވިދާޅުވީ، ކޮށްދެއްވި ކަންކަމަށް އެނާ ރައީސް ނަޝީދަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: