ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ކޮންގްރެސް: ގާސިމްގެ ހިފެހެއްޓުމެއް ނެތް ތައުރީފާއި ޝުކުރު ރައީސް ނަޝީދަށް!

ރައީސް ނަޝީދު ޖޭޕީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގެން އިންނަވަނިކޮށް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތައުރީފު ކުރައްވައި، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެމަނިކުފާނަށް ޝުކުރު ދަންނަވައިފިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ޖުމުހޫރީ ޕާޓީގެ 2023 ވަނަ އަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންފައެވެ. ކޮންފަރެންސްގައި ވާހަކަދައްކަވަމުން 2018 ވަނަ އަހަރުގެ  ނިޔަލަށް ޖޭޕީއަށް ބޮޑެތި ގޮންޖުންތަކެއް ކުރިމަތިވިކަމަށް ގާސިމް ފާހަަގަކުރެއްވިއެވެ. އެގޮތުން މާލޭގައި ކޮންފަރެންސް ބޭއްވެން ނެތުމުގެ ސަބަބުން ގިނަ އަދަދެއްގެ މެމްބަރުންގެ ބައިވެރިވުމާއި އެކު އެ އަހަރުގެ ކޮންފަރެންސް ކުރިއަށް ގެންދެވީ ޕެރަޑައިސްގައިކަމަށް އެނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެ ދުވަސްވަރު އެންމެހާ ސިޔާސީ ލީޑަރުންވެސް އުޅުއްވީ އެކި މައްސަލަތަކުގައި ޖެހިވަޑައިގެންކަމަށެވެ. އެގޮތުން ތިއްބެވީ ބޭރު ގައުމެއްގައި ނުވަތަ ޖަލު ގޮޅީގައިކަމަށް ފާހަގަކުރެއްވިއެވެ. ގާސިމް ވިދާޅުވީ، ސިއްހީ ފަރުވާ ހޯއްދަވަނިކޮށް، އޭނާގެ މައްޗަށް ނުހައްގު ހުކުމެއް ކުރެވިގެންދިޔަކަމަށެވެ. އެހެންކަމުން ފަހުން ފަރުވާ ހޯދެވުމަށް ބޭރަ ވަޑައިގެން ހުންނެވި ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ބޭރުގައި ހުންނެވި އިރު، ޕާސްޕޯޓު ހިފެހެއްޓުންފަދަ ކަންކަން ކުރިމަތިވެވަޑައިގެންނެވިކަމަށެވެ. އެހެންނަމަވެސް އެނާ އަށް އެ ދުވަސްވަރު ސިންގަޕޫރުގައި ހުރެވޭ ގޮތް ހަމަޖެހިގެން ދިޔަ ކަމަށާއި އެކަން ފަހިވެގެންދިޔައީ ރައީސް ނަޝީދުގެ އެހީތެރިކަމާއިއެކު އެނާ ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ، ޖަރުމަނު ވިލާތަށް ފުރާ ވަޑައިގެންނެވި އިރުވެސް ރައީސް ނަޝީދު އެނާ އަށް އެހީތެރިވެވަޑައިގެންނެވިކަމަށެވެ.

ގާސިމް ވިދާޅުވީ، ރައީސް ނަޝީދު އެމަނިކުފާނަށް ކޮށްދެއްވި ކަންކަމަށްޓަކައި އިހުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާކަމަށެވެ. އެނާ ވިދާޅުވީ، އެ މުނާސަބަތު ވަގުތުގެ ވާހަކަ ދައްކަން ޖެހޭކަމަށް ގަބޫލު ކުރައްވާކަަމަށެވެ. އަދި އެނާ ވަނީ ޝުކުރު ދަންނަވާކަން ތަކުރާރުކުރައްވާފައެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: