ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވައުދުތައް ފުއްދާއިރު ޖޭޕީގެ ދައުރެއް އޮންނަކަމަށް ނުދެކޭ، ކޯލިޝަން ހަދަންވީމައި ޖޭޕީ ވަރެއް ނެތް: ގާސިމް

ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްގައި ގާސިމް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ވައުދުތައް ފުއްދާއިރު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދައުރެއް އޮންނަކަމަށް ނުދެކޭކަމަށާއި، ނަމަވެސް ކޯލިޝަން ހަދަންވީމައި ޖޭޕީ ވަރެއް ނޯންނަކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ 2008، 2013 އަދި 2018 ގައިވެސް ގެނައި ސަރުކާރުތަކާއިއެކު ޖުމްހޫރީ ޕާޓީއިން ބައިއަތު ހިފީ ރަނގަޅު ކަންކަން ރާއްޖެއަށް ގެނެސް އިސްލާހީ މަސައްކަތްތަކެއް ކުރެއްވުމަށްޓަކައިކަމަށެވެ. އެ ސަރުކާރުތަކުން ގައުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދިން ހިދުމަތާއި ގެނެސްދެއްވި ކޮންމެ ތަރައްގީއެއްގައި ޖޭޕީ ފުރިހަމައަށް ޝާމިލުވާނެކަމާއިމެދު ޝައްކެއް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ގާސިމް ވިދާޅުވީ ޖޭޕީއާއިއެކު ކޯލިޝަން ނުހެދިނަމަ އެ ސަރުކާރުތައް ވުޖޫދުނުވާނެކަމަށެވެ.

އެހެންކަމުން ފާއިތުވެދިޔަ އަދި ހިނގަމުން މިދާ ސަރުކާރުން ކޮށްފައިވާ ރަނގަޅު ކަންކަމުގެ ފުރިހަމަ ހިއްސާ ޖޭޕީއަށްވެސް ލިބޭނެކަމަށާއި، މި ސަރުކާރުގައިވެސް އެންމެ ހިންގުންތެރި ވުޒާރާތަކުގައި ޖޭޕީގެ ސްލޮޓުގައި ތިއްބެވި ވަޒީރުން ހިމެނިވަޑައިގަންނަވާކަން ގާސިމް ފާހަގަކުރެއްވިއެވެ. އަދި އެންމެ ހިންގުތެރި ކުންފުނިތަކުގައިވެސް ޖޭޕީއަށް ނިސްބަތްވާ ފަރާތްތައް ތިއްބެވިކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ އުއްމީދުތައް ކަށަވަރުކޮށްދިނުމަށްޓަކައި ޖޭޕީއިން ހަދާ އިއްތިހާދުތަކުގައި އަބަދުވެސް އެއްބަސްވަނީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި އާއި ތަންފީޒުކުރުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ޖޭޕީގެ ބައިވެރިވުން ހިމެނުމަށްކަމަށާއި، އަދި ރައްޔިތުންގެ އުއްމީދުތައް ފުއްދުމުގައި ޖޭޕީއިންވާ ވައުދުތަކުގައި އެ ޕާޓިވެސް ބައިވެރިކުރުމަށްކަމަށް ގާސިމް ވިދާޅުވިއެވެ.

މަޖިލީހުގެ ގޮނޑިތަކާއި، ސަރުކާރުގެ މަގާމުތައް ބެހިގެންދާއިރު، އަދި ލޯކަލް ގަވަރމެންޓްގެ ގޮނޑިތަކަށް ކުރިމަތިލާއިރު ގުޅިގެން ވާދަކޮށް ޖުމްހޫރީ ޕާޓީގެ ބައިވެރިވުން ދިނުމަށް އެދެވެނީ ހަގީގަތުގައިވެސް މި ދެންނެވި ބޭނުމުގައި.

އެގޮތުން މަޖިލީހުގެ ގޮނޑިތަކާއި، ސަރުކާރުގެ މަގާމުތައް ބެހިގެންދާއިރު، އަދި ލޯކަލް ގަވަރމެންޓްގެ ގޮނޑިތަކަށް ކުރިމަތިލާއިރު ގުޅިގެން ވާދަކޮށް ޖުމްހޫރީ ޕާޓީގެ ބައިވެރިވުން ދިނުމަށް އެދެނީ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ނަމަވެސް، ކަންވެގެން ދަނީ މިހެން ނޫންކަމަށް ގާސިމް ވިދާޅުވިއެވެ. މިހެންވުމުން ޕާޓީގެ މެންބަރުންގެ ޝަކުވާ އެމަނިކުފާނާއި ހަމައަށްވެސް އަންނަކަމަށާއި، ނަމަވެސް ކެތްތެރިކަމާއި މަޑުމައިތިރިކަމާއިއެކު ތިބެނީ އެ ޕާޓީއިން ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވާ ކަންތައްތަކުގެ ތެރެއިން ކުޑަ މިންވަރެއް ފުރިހަމަވި ނަމަވެސް ޖުމްލަކޮށް އޭގެ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ކުރާނެތީކަމަށް ވިދާޅުވިއެވެ.

ސަރުކާރު އެކުލަވާލުމަށްފަހު ސަރުކާރަށް ހާސިލްވާ ރަނގަޅު ކަންކަން ޖޭޕީއާއި ހިއްސާކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވާކަމަށާއި، ސަރުކާރުގެ ވައުދު ފުއްދަމުންދާއިރު ކޯލިޝަން ޕާޓުނަރުންގެ ދައުރެއް އޮންކަމަށް ނުދެކޭކަމަށް ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ނަމަވެސް ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތްކުރާއިރު ޖުމްހޫރީ ޕާޓީ ވަރު ނޯންނަކަމަށް ބައެއް ބޭފުޅުން ދެކޭކަމަށެވެ.

ގާސިމް ސުވާލުއުފެއްދީ ސަރުކާރު ކެބިނެޓުގައި އާއި އަދި ކުންފުނިތަކުގައިވެސް ޖޭޕީގެ މެންބަރުން ތިއްބެވިއިރު، އެ މެންބަރުންގެ އެއްބާރުލުމާއި މަސައްކަތާއިއެކު ހޯދާ ކާމިޔާބީ އާއި ނެރޭ ރަނގަޅު ނަތީޖާތަކުގައި ޖޭޕީގެ ބައިވެރިވުން އޮންކަމަށް ނުވަނީ ކީއްވެގެންތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: