ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގެ މަޝްވަރާތަކަށް ރައީސް މައުމޫން، ރައީސް ސާލިހް އާ ބައްދަކުރަނީ

ކުރީގެ ރައީސް މައުމޫން އަބްފުލް ޤައްޔޫމް އާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި ބައްދަލުކުރެއްވުމަށް އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ނިންމަވައިފިއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް ސާލިހް ވަނީ ކޯލިޝަން ހެދުމަށް ސަރުކާރުގައި ހިމެނޭ ހުރިހާ ޕާޓީތަކަށް ދައުވަތު އަރުވާފައެވެ. އެގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ ފަރާތުން ވަނީ ނިންމާފައެވެ،

ރައީސް  ސާލިހް ފޮނުއްވި ސިޓީ އާ ގުޅިގެން އެމްއާރުއެމްގެ ފަރާތުން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސަރުކާރުގެ އިއްތިހާދު އިއްތިހާދު ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ފާއިތުވެ ދިޔަ އަހަރުތަކުގައި އެޕާޓީއަށް ކުރެވުނު ތަޖުރިބާތަކާއި މެދު، އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި މެދު އެމަނިކުފާނާއި ބައްދަލު ކުރަން އެޕާޓީއިން ބޭނުންވާ ކަމަށެވެ.

ނަމަވެސް، މިވަގުތު ރައީސް މައުމޫން ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ކަމަށް ވުމުން އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަތުމުން އެދިވަޑައިގެންފައިވާ ބައްދަލުވުން ބޭއްވުމަށް ފަސޭހަފުޅު ވަގުތެއް މި އެމްއާރުއެމް އިން ރައީސް ސާލިހް އާއި  ޙިއްސާކުރާނެ ވާހަކަ ދަންނަވައި ސިޓީގެ ޖަވާބު ފޮނުވާފައިވާ ކަމަށް އެމްއާރުއެމް އިން ވަނީ ބުނެފައެވެ.

ސަރުކާރުގެ ކޯލިޝަންގައި އެމްއާރުއެމްގެ އިތުރުން އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން އަދި މިހާތަނަށް ރައީސް ސާލިހް އާއި އެކު ކޯލިޝަން ހެދުމަށް ނިންމުމެއް ނިންމާފައިނުވާއިރު، އެ ޕާޓީގެ ގައުމީ ކޮންފަރެންސް މިއަދު ދަރުބާރުގޭގައި ފެށިގެން ކުރިއަށް އެބަދެއެވެ.

ޖުމްހޫރީ ޕާޓީ އިން މީގެ ކުރިން ބުނެފައިވަނީ އެ ޕާޓީގެ ގައުމީ ކޮންފަރެންސް އަށް ރިޔާސީ އިންތިހާބާއި ބެހޭ ގޮތުން ގޮތެއް ނިންމުމަށް ގަރާރެއް ހުށަހަޅާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީއިން އިސްވެ އޮވެ ކޯލިޝަނަކާއި އެކު ވެރިކަމަށް ނިކުންނާނީތޯ  ނުވަތަ ޖުމްހޫރީ ޕާޓީ އެހެން ޕާޓީއަކާ އެކު ކޯލިޝަން ހަދާނީތޯ އާއި މެދު ގޮތެއް ނިންމުމަށް އެޕާޓީ އިން ގައުމީ ކޮންފަރެންސްގައި ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް އެމްޑީއޭ އާއި އެކު އިއްޔެ ވަނީ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމަށް ފަހު ޕީޕީއެމް އިން ބުނީ ދެފަރާތުގެ ހުށަހެޅުންތައް ބައްދަލުވުމުގައި ހުށަހަޅާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ބައްދަލުވުން ތަކެއް ބޭއްވިގެން ދާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަށް ގިނަ ސިޔާސީ ޕާޓީތަކުން ދަނީ މަސައްކަތް ކުރަމުންނެވެ

މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: