ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތުގެ މަޝްވަރާ މަޖިލީހުން އިގުރާރުވާނީ ލައްކަ ވިސްނުމަށްފަހު: އިމްރާން

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީއިން ކަމަކާއިމެދު ގޮތް ނިންމާނީ އެކަމާއިމެދު އަހައްމިއްޔަތު ދީގެން ވިސްނުމަށް ފަހު ކަމަށް އެ ޕާޓީގެ ރައީސް ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި އެކު ކޯލިޝަން ހައްދަވައިގެން ކުރިއަށް ދިއުމަށް އަދާލަތުންވަނީ ދާދި ފަހުން ނިންމާފައެވެ. އެ ނިންމުމަށް ގިނަ އަދަދެއްގެ މީހުން ދަނީ ސޯޝަލްމީޑިއާގައި ފާޑުކިޔަމުންނެވެ.

އިމްރާންވަނީ އަދާލަތުގެ ނިންމުތަ ނިންމަނީ ޒިންމާދާރުކަމާއިއެކު ކަމަށް ސިފަކުރައްވާފައެވެ. އެނާ ވިދާޅުވީ، އަދާލަތުގެ މަޝްވަރާ މަޖިލީހުން ކަމަކަށް އިގުރާރުވާނީ އެކަމާއިމެދު “ލައްކަ” ވިސްނާ ފިކުރު ކުރުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ، އަދާލަތުން ކަމަކަށް އިގުރާރުވާނީ އެކަމަކީ އިސްލާމް ދީން އަދި ރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށް އެންމެ ފަހި ގޮތްކަމަށްވުމުންކަމަށެވެ. އަދި އެ ނޫން ހާލަތެއްގައި އިގުރާރު ނުވާނެކަމަށާއި މީގެ ކުރިންވެސް ވެފައި ނޯންނާނެކަމަށް އިމްރާން ވިދާޅުވިއެވެ.

ރައީސް ސާލިހުވަނީ ކޯލިޝަން ހެއްދެވުމަށް އެކި ޕާޓީތަކަށް ސިޓީ ފޮނުއްވާފައެވެ. އެ މަނިކުފާނުގެ ގޮވާލުމަށް އެންމެ ފުރަތަމަ އިޖާބަ ދެއްވީ، އަދާލަތު ޕާޓީއިން ކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާޓީކަމަށްވާ އެމްޑީއޭއިންވެސް ވަނީ އެމަނިކުފާނާއި އެކު ކޯލިޝަން ހަދައިގެން ކުރިއަށް ދާން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: