ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ވެއްޓިފައި އޮތް ހިސާބުން ކުރިއަށް ގެންދެވޭނީ ސްޓޭބަލް ސަރުކާރެއް ގާއިމް ކުރެވިގެން: އިމްރާން

ރައީސް ސާލިހު އަދި ހޯމް މިނިސްޓަރު އިމްރާން.
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ވެއްޓިފައި އޮތް ހިސާބުން ކުރިއަށް ގެންދެވޭނީ މި އަހަރު “ސްޓޭބަލް” ސަރުކާރެއް ގާއިމް ކުރެވިގެންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުންގެންދަވާ އިމްރާން ޓުވީޓެއްކުރައްވާ ވިދާޅުވެފައިވަނީ ގައުމު ވެއްޓިފައި އޮތް ހިސާބުން ކުރިއަށް ގެންދެވޭނީ މި އަހަރު “ސްޓޭބަލް” ސަރުކާރެއް ގާއިމް ކުރެވިގެންކަމަށެވެ. އަދި އެ ފޯމިއުލާގެ މަންޒަރު މި ދަނީ ކުރެހެން ކުލަޖެހެމުންކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. އަދި އެ މަންޒަރުގެ ކުލަތައް ލަސްތަކެއްނުވެ ރައްޔިތުންނަށް ސާފުވާނެކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި އެ ވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީއިން އެކުލަވާލަމުންދާ ކޯލިޝަންއަށް އަމާޒުކޮށްކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސިޓީފުޅަކާއިއެކު އަދާލަތު ޕާޓީއިން އަދި މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިންވެސް ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހް އާއެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. އިމްރާން ވިދާޅުވެފައިވަނީ އަދާލަތު ޕާޓީއިން ކަމަކަށް އިގުރާރު ވަނީ އެތައް ގޮތަކަށް ވިސްނުމަށްފަހުކަމަށެވެ.

މީގެ އިތުރުން ރައީސް ސާލިހު ވަނީ މިހާރުވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށްވެސް ކޯލިޝަން ހެދުމަށް ދައުވަތު އަރުވާފައެވެ. ނަމަވެސް މި ދެ ޕާޓީއިން އަދި މިހާތަނަށް ވަކި ގޮތެއް ނިންމާފައިނުވާއިރު، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ސަރުކާރުން ކޯލިޝަން ޕާޓުނަރުންނާއިމެދު ކަން ކުރަމުންދާގޮތާއިމެދު ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ވައުދުތައް ފުއްދާއިރު އާއި ކުރާ ރަނގަޅު ކަންކަމުގެ ކްރެޑިޑް ޖުމްހޫރީ ޕާޓީއަށްވެސް އަދި އެހެން ކޯލިޝަން ޕާޓުނަރުންނަށްވެސް ނުދޭކަމަށް ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: