ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުޑަ ސިޔާސީ ޕާޓީތަކުން، ބަންދުތާކު ތިބިގެން ނަގާ ސްޓޭންޑަކުން ވޯޓެއް ނުލިބޭނެ: ވައްޑެ

އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީތަކުގެ އެތެރޭގައި މަޝްވަރާތަކެއް ކުރިއަށްގެންދިއުމަށްފަހު ނަގާ ސްޓޭންޑްގެ ސަބަބުން ވޯޓު އިތުރުނުވާނެކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އެމްޑިޕީގެ ގައުމީ މަޖިލީހުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކޯލިޝަން ހެދުމުގެ ބާރުދީފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ އިއްޒުއްދީން ސްކޫލްގައި ބޭއްވި ޕާޓިގެ ގައުމީ މަޖިލީހުންނެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެމްޑީޕީން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް ސާލިހް އަށް ދިނުމަށް ގޮވާލާ ގަރާރު ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހްގެ ކެމްޕޭން މެނޭޖަރުކަން ކުރެއްވި ކިނބިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނާޝިޒް އެވެ. ނާޝިޒް ހުށަހެޅި ގަރާރު ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވި 85 މެމްބަރުންގެ ތެރެއިން 81 މެމްބަރުންގެ ވޯޓުންނެވެ.

އެއާއިއެކު ރައީސް ސާލިހު ވަނީ މިހާރުވެސް ސަރުކާރު ކޯލިޝަނުގައި ތިބި ޕާޓީތަކުގެ އިތުރުން އެހެން ޕާޓީތަކަށްވެސް އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމުގެ ދައުވަތު އަރުވާފައެވެ.

އަދާލަތު ޕާޓީއިންނާއި، ލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މި ދައުވަތު ގަބޫލުކޮށްފައިވާކަން އިއުލާންކުރެއްވުމާއިއެކު، ޓުވީޓެއްކުރައްވާ ވަހީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ނަގާހާ ސްޓޭންޑަކަށް، ކަނުކޮށް ތިބެ ތަބާވުމުގެ އާދަ ރައްޔިތުންގެ ކިބައިގައި ވަރަށް ކުޑަވެފައިވާކަމަށެވެ. އެފަދަ ދުވަސްވަރެއްގައި، ކުޑަކުޑަ ޕާޓީއެއްގެ “ދޮޅަހަކަށް” މީހުން ބަންދުތާކު ތިބެ ކުރާ މަޝްވަރާއިން ނަގާ ސްޓޭންޑަކީ، ވޯޓުގެ އަދަދުން ބަލަނަމަ ބުރަދަނެއް ހުންނާނެ އެއްޗެއްނޫންކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ދެބައިވެފައިވާއިރު، އޭގެ ތެރެއިން ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ވަހީދު އަކީ ރައީސް ސާލިހަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެކެވެ. ރައީސް ސާލިހު ކޯލިޝަން ހެއްދެވުމުގެ މަސައްކަތްތައް ފެއްޓެވުމާއިއެކު ވަހީދު ވަނީ ކޯލިޝަނެއް އުފައްދަން އެހެން ބަޔަކު އެއްބަސްކުރުވޭނީ، ފުރަތަމަ އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ އުރައްޕެއް ހުރެގެންކަމަށްވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އަދި މިހާރު ރައީސް ސޯލިހު ފަހަތަށް ނޭރި ބަޔަކު، ދުވަސްވާވަރަކަށް ޖެހޭނީ އިތުރަށް ފެޔަށްކަމަށެވެ.

ވަހީދު މިހެން ވިދާޅުވެފައިވާއިރު، ރައިސް ސާލިހު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރޭގައި އޮތް ވާދަވެރިކަން ދޫކޮށްލައި، އެމްޑީޕީއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް އެކުގައި މަސައްކަތްކުރެއްވުމަށް ވަޑައިގަތުމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ދައުވަތު އަރުވާފައެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ ރައީސް ސާލިހަށް ތާއިދުނުކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި ރައީސް ސާލިހާއިއެކު ކުރައްވާނެ ސިޔާސީ މަސައްކަތެއް ދެން ނޯންނާނެކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: