ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީކަމެއްގައި އަލުން ރައްޓެހި ނުވެވޭ ވަރަށް ރުޅިނުވާތި: ގާސިމް

ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްގައި ގާސިމް ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ކަންކަމުގައި ރުޅިވާއިރު ރުޅި ވާންވާނީ ދެން އަލުން ރައްޓެހި ނުވެވޭ މިންވަރަށް ނޫންކަމަށާއި، އަދި ގާތްވާއިރު ގާތްވާން ވާނީވެސް ވަކި ނުވެވޭ މިންވަރަށް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްގެ ތެރެއިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީއިން ނިކުތުމާއިމެދު ކުރި ބަހުސް ފައްޓަވައިދެއްވަމުން ގާސިމް އެދިލެއްވީ ފިތުނަ ފަސާދަ އުފެދިގެންދާގޮތަށް ބަހުސްގައި ވާދަނުދެއްކެވުމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް  ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހުށައެޅުއްވި ގަރާރާއި ބެހޭ ގޮތުން ކުރެވެމުންދާ ބަހުސްއަށް ގިނަ ބައެއްގެ ޝައުގުވެރިވެފައިތިބޭނެކަމަށް ފާހަގަކުރައްވާ، މި ބަހުސް ކެތްތެރިކަމާއި މަޑުމައިތިރިކަމާއިއެކު ކުރިއަށް ގެންދެވުމަށްވެސް ގާސިމް އެދިލެއްވިއެވެ. އަދި މީގެ ކުރިން ޖުމްހޫރީ ޕާޓީއަށް ދީމާވީ ކަންކަމުގެ ވާހަކަދައްކަވާ، އެއްވެސް ބައެއްގެ އަބުރާއި އިއްޒަތަށް އަރައިނުގަނެ މި ބަހުސް ކުރިއަށް ގެންދެވުމަށް ގާސިމް އިލްމާޒްކުރެއްވިއެވެ. އަދި އެގޮތަށް ކުރިއަށް ގެންދިއުމަށް އެ ފުރުސަތު ނުދެއްވާނެކަމަށް ވިދާޅުވިއެވެ.

މާޒީވެ ދިޔަ ތަނުގައި އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ކަންތައްތަކުގެ ވާހަކަދައްކާ، އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭނެ އެއްވެސްކަމެއް ކުރެއްވުމަކީ ކޮށްގެންވާނެކަމެއް ނޫން. އެކަން ކުރާކައް އަޅުގަނޑެއް ފުރުސަތެއް ނުދޭނަން.

ގައުމުގެ މަސްލަތު ދެމިގެން ގޮސް ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ލިބޭނީ މިފަދައިން ކަންތައް ކުރުމުންކަމަށް ގާސިމް ވިދާޅުވިއެވެ.

މި ހަގީގަތް ތިބޭފުޅުންނަށް މާޒީގެ ދުވަސްތަކުން ފެނިގެންގޮސްފައި ވަނީ . އަޅުގަނޑަށް ކަށަވަރު މިކަމާ މެދު ވިސްނާ ފިކުރު ކުރާ ކޮންމެ މީހަކަށް ވެސް މި ކަމުގެ އަލިގަދަ ދަލީލް ދުވާލުގެ މެންދުރުގެ އިރުފަދައިން ފެންނަމުންދާކަން.

މީގެ އިތުރުން ގާސިމް ވިދާޅުވީ ސިޔާސީ ކަންކަމުގައި އެއްވެސް ބަޔަކާއި ރުޅިވާންވީ އަލުން ރައްޓެހިނުވެވޭ ވަރަށް ނޫންކަމަށެވެ. އަދި ބަޔަކާއި އެކުވެރިވާން ވާނީ ވަކިވާން ބޭނުން ހިދެއްގައި ދުރަށް ނުދެވޭ މިންވަރަށް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.

ވަކި މީހަކަށް ވަކި ގޮތަކަށް ޒިންމާ އަދާނުކުރެވިގެން ނުވަތަ ނުކޮށްގެންދައްކާ ވާހަކަތަކަށް ދެއްކުމަކީ މާނައެއް ހުރިކަމެއް ނޫންކަމަށް ގާސިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 43%ވަރަށް ގަޔާވޭ 57%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: