ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހު ތަގުވާވެރި އިންސާނާއަށްވެސް އެންމެންގެ ތާއީދު ނުލިބޭނެ: އިމްރާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ހެޔޮ ލަފާ ސާލިހު އަދި ތަގުވާވެރި އިންސާނަކަށްވެސް އެންމެންގެ ރުހުމާއީ ތާއީދު ލިބިގެން ނުދާނެކަމަށް އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު އާއިއެކު ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށް އަދާލަތުން ނިންމާފައިވާއިރު، އެ ޕާޓީއަށްވަނީ ކޯލިޝަން ހެދުމާއި ގުޅުވައި ފާޑުކިޔުންތައްވެސް އަމާޒުވެފައެވެ. އެހެންނަމަވެސް އިމްރާންވަނީ އެ ނިންމުން ދިފާއު ކުރައްވާ އެ ޕާޓީގެ ނިންމުންތައް ނިމެނީ ލައްކަ ވިސްނުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވީ، އެންމެ ހެޔޮ ލަފާ ސާލިހު އަދި ތަގުވާވެރި އިންސާނަކަށްވެސް އެންމެންގެ ތާއީދު ހޯދެން ނޯންނާނެކަމަށެވެ.

އޭނާ ވިދާޅުވީ، އެންމެ ނުބައި ނުލަފާ އަދި ޖައްބާރު މީހާއަށްވެސް އެންމެން ދެކޮޅުވެރި ނުވާނެކަމަށެވެ. އެނާ ވިދާޅުވީ، އެފަދަ މީހަކަށް ނަފްރަތު ނުކުރާނެ މީހުންވެސް އުޅޭނެކަމަށެވެ.

އެހެންނަމަވެސް އާންމު ގޮތެއްގައި ހެޔޮ މީހުން “ލޯބިވަނީ ހެޔޮ މީހުން ދެކެކަމަށާއި، ނުބައި މީހުންނަށް ކަމުދާނީ ނުބައި މީހުން ކަމަށް ހޯމް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: