ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއުތިރާފް އެއްބަސްވުމުގެ އުސޫލު އަންނަ މަހު ތަންފީޒު ކުރެވޭނެ: ޝަމީމް

ޕީޖީ ހުސައިން ޝަމީމް: ފޮޓޯ/ ޕީޖީ އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާހުތަކެއް ގެނެސްފައިވާ، ކުށުގެ އިއުތިރާފު އެއްބަސްވުން ގާއިމު ކުރުމުގެ އުސޫލު ތަންފީޒުކުރަން އަންނަ މަހު ފަށާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު މީޑިއާތަކާއި އެކު އޮތް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނުނަށް އެންމެ ފަހުން ގެނެސްފައިވާ އިސްލާހުގެ ދަށުން ނަސޭހަތުގެ އެއްބަސްވުމާއި އިއުތިރާފު އެއްބަސްވުން ހެދުމުގެ ތަފާތު “ރެޖީމް” އެއް ގާއިމު ކުރެވިފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ޕީޖީ އޮފީހުން ދަނީ އެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ގަވައިދުތައް އެކުލަވާލަމުންކަމަށެވެ. އަދި ބޭނުންވާ ނިޒާމުތައްވެސް ގާއިމު ކުރައްވަމުންދާކަމަށާއި ކުރިއަށް އޮތް މަހުގެ ތެރޭގައި އާންމުނަށް އެ ހުޅުވާލެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ގާނޫނަށް ގެނައި އިސްލާހުގައި އޮންނަނީ އަލަށް ކުށް ކުރާ މީހުންގެ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ، އޮންނަނީ ކުށުގެ ރެކޯޑެއް ނެތް މީހުންނަށް ގާނޫނީ ނިޒާމުގެ ތެރެއަށް ނުވަދެ އިއުތިރާފާއި ނަސޭހަތުގެ އެއްބަސްވުމެއްގެ ދަށުން ޖަލަށް ނުގޮސް ވަކި މުއްދަތަކަށް ޝަރުތުކޮށް މީހުން ދޫކުރާ އުސޫލެއް ކަމަށެވެ.

ޝަމީމް ވިދާޅުވީ، އެއީ މިހާރުވެސް އޮންނަ ނިޒާމެއް ކަމަށެވެ. އެހެންނަމަވެސް ގެނެސްފައިވާ އިސްލާހާއިއެކު އެ ނިޒާމު މިހާރު ކުރިއަށް ވުރެ ފުޅާ ކުރެވިފައިވާކަމަށާއި މިހާރު އޮތީ ތަނަވަސްކަމާއިއެކު ހިންގޭނެ ގޮތަކަށް ބައްޓަން ކުރެވިފައިކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ކުށުގެ އަދަބު އެއް އަހަރަށްވުރެ ބޮޑުވާ ނަމަ، ނަސޭހަތުގެ އެއްބަސްވުމެއް ނެހެދޭނެކަމަށެވެ. އަދި އެ ހިނދު ދާންޖެހޭނީ އިއުތިރާފްގެ އެއްބަސްވުމަކަށް ކަން ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިއުތިރާފް އެއްބަސްވުމެއް ގާއިމު ކުރެވޭނީ އެެމީހެއް ކުށެއް ކުރިކަމަށް އިއުތިރާފްވެގެންކަމަށެވެ. އަދި އެ ނިޒާމަކީ، އެއްބަސްވުމެއް ގާއިމު ކުރުމުގެ ސަބަބުން ގާނޫނީ އިމުގެ ތެރެއިން ލުއިތަކެއް ލިބިގެންދާނެ ނިޒާމެއްކަމަށް ވިދާޅުވިއެވެ.

ފަހަކަށް އައިސް ތަފާތު ބޮޑެތި ކުށްތަކުގެ މައްސަލައިގައި ހައްޔަރު ކުރާ މީހުން ދައުލަތާއި އެކު ކުށުގެ އިއުތިރާފި އެއްބަސްވުންތައް ހަދަ އެވެ. އެކަމަކު، އަވަސް ނިޔާގެ ދަށުން ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުންތަކުގައި ކުށަށް އިންކާރު ކުރުމުގެ ސަބަބުން، ޝަރީއަތުގެ މަރުހަލާ ފަށަން ޖެހެ އެވެ.

އިއުތިރާފުގެ އެެއްބަސްވުންތައް ހެދުމުން، ކުށްވެރިޔާގެ މައްޗަށް އަންނަ ހުކުމް ކުޑަވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: