ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ހަޑިމުޑުދާރު މަސައްކަތްތަކަށް ވަންނަން ބޭނުންނުވާ މީހުންގެ ހައްގު ކޮބާ: ފާރިސް

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނު، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްއާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ހަޑިމުޑުދާރު މަސައްކަތްތަކަށް ވަންނަން ބޭނުންނުވާ މީހުންގެ ހައްގުތައް ކޮބައިތޯ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިޝް ވިދާޅުވެފައިވަނީ އެމްއާރުއެމްގެ ފަރާތުން މިހާރު ކުރަމުންދާ މަސައްކަތަކީ އެކި ޕާޓީތަކާއި ބައްދަލުކޮށްގެން، މަޝްވަރާކުރުންކަމަށެވެ. މި މަޝްވަރާގެ ތެރެއިން ސިޔާސީ ބޭފުޅުން ދައްކަވަނީ އަމިއްލަ ޕާޓީގެ މެންބަރުންނަށް ވަޒީފާދޭ ވާހަކައާއި، އެ ޕާޓީއެއްގެ އެޖެންޑާ ހިންގުމުގެ ވާހަކަކަމަށް ފާރިސް ވިދާޅުވިއެވެ.

ސިޔާސީ ބޭފުޅުން ކުރައްވާ މަޝްވަރާއިންނާއި ހުށައަޅުއްވާ ކަންކަމުގެ ސަބަބުން މިއީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ގައުމެކޭ ހިވާކަމަށް ފާހަގަކުރައްވާ، އެއީ ހަގީގަތްނޫންކަމަށް ފާރިސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިވެހިރާއްޖޭގައި ވޯޓުލެވޭ މީހުންގެ އަދަދާއި ދެބައި ކުޅަ އެއްބަޔާއި ގާތަށްވެސް ސިޔާސީ ޕާޓީޓަކުގައި ރަޖިސްޓްރީވެފައި ނެތްކަމަށެވެ.

ރައްޔިތުން ސިޔާސީ ޕާޓީތަކަށް ސޮއިނުކުރަނީ ސިޔާސީ މަސައްކަތްތަކުގައި ހަރަކާތްތެރިވާން ބޭނުންނުވާތީކަމަށްް ފާރިސް ވިދާޅުވިއެވެ. އަދި އެއީ ސިޔާސީ ޕާޓީތަށް އަމަލުކުރާ ގޮތަށް ރައްޔިތުން ނޫނެކޭ ބުނާތީކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމަށްވާނަމަ އެމީހުންގެ މަސްލަތު ނަގަހައްޓާނީ ކޮން ބައެއްތޯ ފާރިސް ސުވާލުއުފެއްދެވިއެވެ.

ކޮބައިތޯ ރައްޔިތުންގެ ތެރެއިން މި ސިޔާސީ ހަޑިމުޑުދާރު ކަންތައްތަކަށް ވަންނަން ބޭނުންނުވާ މިހާގެ ހައްގު ކޮބައިތޯ؟

ފާރިސް ވިދާޅުވިއެވެ.

އަމިއްލަ ޕާޓީއަށް މަންފާ ހޯދުމަށް މަސައްކަތްކޮށްގެން ގައުމު ތަރައްގީނުކުރެވޭނެކަމަށް ފާހަގަކުރައްވާ ފާރިސް ވިދާޅުވީ، އެހެން ޕާޓީތަކުން ކުރާ މަސައްކަތަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދައިގެން، އެއް ބަޔަކު އަނެއް ބަޔަކު ޖައްސައިގެން ކުރިއެރުން ހޯދުންކަމަށެވެ. އެމްއާރުއެމްއިން އެކަން ނުކުރާނެކަމަށާއި، އަދި ޕާޓިއަށް ނިސްބަތްނުވާ މެންބަރެއް ނަމަވެސް ބަލައިގަންނާނެކަމަށް ވިދާޅުވިއެވެ. އެމްއާރުއެމްއިން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަސްލަހަތު ދަމަހައްޓާނެކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އެމްއާރުއެމްއަށް ސޮއިކުރި ނަމަވެސް ޕާޓީގެ މެންބަރަކަށްވީތީ ވަޒީފާނުދޭނެކަމަށާއި، އަދި ސޮއިނުކޮށްފިނަމަ ފުރުސަތުތައް ހޯދައިނުދޭނެކަމަށްވެސްް އެމްއާރުއެމްއިން ނުބުނާނެކަމަށެވެ. ހުރިހާ އެންމެންނަށް ހަމަހަމަ އުސޫލަކުން އަމަލުކޮށްދެވޭނެ ސިޔާސީ ޕާޓިއެއް ގައުމަށް ބޭނުންވާކަމަށް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވި ރާއްޖޭގައި އެފަދަ ސިޔާސީ ޕާޓީއެއް ނެތްކަމަށާއި، އެމްއާރުއެމްއިން މަސައްކަތްކުރާނީ އެފަދަ ސިޔާސީ ޕާޓީއަކަށްވުމަށްޓަކައިކަމަށެވެ. ކަންކަން ހުށައަޅުއްވައިގެން ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް އެމްއާރުއެމް އިން ނުކުރާނެކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ތަކުރާރުކޮށް ފާރިސް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިނުގަންނަވާ މީހުންގެވެސް ހައްގުތަކެއް އޮންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: