ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ މޯލްޑިވްސްގެ ފަރާތުން ސްޓެމް ފެއަރ އެއް ބާއްވަނީ

އުރީދޫ ސްޓެމް ފެއަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެމް މާއްދާތަކަށް ސްކޫލް ކުދިންގެ މެދެގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އުރީދޫ މޯލްޑިވްސްއިން އުރީދޫ ސްޓެމް ފެއަރއެއް ބާއްވަން ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ވިމެން އިން ޓެކް މޯލްޑިވްސް އާ ގުޅިގެން ކުރިއަށްގެންދާ މި ފެއަރގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ފަދަ ތަފާތު ސްޓެމް ދާއިރާތަކުން ދަރިވަރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ދައްކާލެވޭނެއެވެ.

މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ 2 މާރޗް އިން 3 މާރޗް 2023 ގެ ނިޔަލަށް އިއްޒުއްދީން ސްކޫލް ހޯލުގައެވެ.

އުރީދޫ ސްޓެމް ފެއާގެ މަގްސަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވައި ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބުގެ ބޭނުން ކުރިއެރުވުމަށް މަގުފަހިކުރުމެވެ.

މި ފެއަރވެގެންދާނީ ސްޓެމް މާއްދާތައް ތަޖުރިބާކޮށް، އިންޑަސްޓްރީގެ ފަންނުވެރިންގެ ކިބައިން ޢިބްރަތް ޙާޞިލުކޮށް، އެކުދިންގެ އުފެއްދުންތެރިކަމާއި، އީޖާދީ ވިސްނުމާއި ފަންނީ ހުނަރު ދައްކާލުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެ ތަޢުލީމީ އަދި ހިތްވަރު ލިބޭ ތަޖުރިބާއަކަށެވެ.

ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި ރާއްޖޭގެ ޒުވާނުންގެ މެދުގައި ސްޓެމް މާއްދާތަކުގެ ތައުލީމު ކުރިއެރުވުމަކީ މުހިންމުކަމެއް ކަމާއި އެގޮތުން އުރީދޫ ސްޓެމް ފެއަރއަކީ ދަރިވަރުންގެ ހުނަރާއި ވިސްނުން ދައްކާލައި، ޢިބްރަތް ޙާޞިލުކޮށް، އެކުދިންގެ ވަށައިގެން ހިނގަމުންދާ އީޖާދުތަކުން ހިތްވަރު ލިބުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވިއެވެ. އަދި ސްޓެމް ދާއިރާއަށް ދަރިވަރުންގެ ޝައުގުވެރިކަން ދެނެގަނެ، އެކުދިންގެ ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ އުރީދޫ އަށް ލިބޭ އުފަލެއް ކަމުގައި ނިޔާޒް ވަނީ ވިދާޅުވެފައެެވެ.

އުރީދޫ ސްޓެމް ފެއަރއަކީ ބައިވެރިވާ ހުރިހާ ދަރިވަރުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް މަޖާ، އިބުރަތްތެރި އަދި ތަޢުލީމީ ހަރަކާތަކަށް ވެގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އާންމުންނަށް ހުޅުވާލާފައިވާ މި ފެއާއަށް ޒިޔާރަތްކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އުރީދޫއިން ދައުވަތުއަރުވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: