ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މަނީ ލޯންޑަރ ކޮށްގެން ހޯދި ފައިދާ ހަމަސް ދުވަހުގެ ތެރޭ ދައުލަތަށް ދައްކަން އަމުރުކޮށްފި

އިހަވަންދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، މަނީ ލޯންޑަރ ކޮށްގެން ހޯދި ފައިދާ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ ގޮތުން، މަނީ ލޯންޑަރ ކޮށްގެން ރައީސް ޔާމީން އަށް ނަފާގެ ގޮތުގައި ލިބުނު 53 މިލިއަން ރުފިޔާ ނުވަތަ 3،413.20 މިލިޔަން އެމެރިކާ ޑޮލަރު، ހަމަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ވަނީ އެދިފައެވެ.

ރައީސް ޔާމީން ޖަލަށްލިތާ 11 އަހަރު ފަހުން މި ހުކުމް ކުރެވިފައިވާއިރު އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރ ކުރިކަމުގެ ކުށް ސާބިތުވި ދުވަހު ކުރެވުނު ހުކުމްގައި މިފައިސާ ދައްކަން އަންގާފައެއް ނުވެއެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު  ހުކުމާ އެކު ޖޫރިމަނާގެ ގޮތުގައި 5 މިލިއަން ޑޮލަރު ވަނީ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. ނަމަވެސް އެ މައްސަލަ ރައީސް ޔާމީންގެ  ފަރާތުން ހައި ކޯޓްގައި އިސްތިއުނާފު ކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓުން  ވަނީ ރައީސް ޔާމީން މަނީ ލޯންޑަރ ކޮށްގެން ހޯދި މަންފާގެ ގޮތުގައި ހިމެނޭ 53 މިލިއަން ރުފިޔާ ދެއްކުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ އާއި ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހަރަކާތްތެރިވާ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވެފައިވަނީ މައްސަލައެއްގައި ހުކުމްކޮށް ނިމުމުން އެ މައްސަލައިގައި ފަނޑިޔާރުގެ ޖުރިސްޑިކްޝަން ނިމި ދިޔައީ ކަމަށެވެ. ދެން އެ ހުކުމުގައި ހުރި އުނިކަމެއް ފޫ ބެއްދުމަށްޓަކައި އިތުރު އަމުރުތަކާއި އިތުރު ކުރުންތައް ވެގެންދާނީ ޣައިރު ދުސްތޫރީ އަމަލުތަކަކަށް ކަމަށް ޝިޔާޒް ވަނީ ވިދާޅުވެފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީ އަށް ޖަމާކޮށް އަދި އިތުރު ފައިސާއާ އެކު ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާކުރުމަށް ފަހު އަނެއްކާ ވެސް އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަކަށް ފެބްރުއަރީ 21، 2017 ގައި ޖުމްލަ 1،295،000 ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. އަދި އޭގެ ފަހުން ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް މާޗް 14، 2021 ގައި އިތުރު ފައިސާއާ އެކު ޖުމްލަ 3،413،230 ޑޮލަރު ވަނީ 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައެވެ.

މި ފައިސާ ދައްކަން ޔާމީންގެ މައްޗަށް އަމުރުކުރީ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެކަމަށް ރިއާޔަތްކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: