ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީތަށް ވަކި މީހަކު ވަށާ އެނބުރުން އަދިވެސް ނުހުއްޓޭ: އިބްރާހިމް ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުގެ ތެރޭގައި އޮންނަ ވަކި މީހެއް ވަށައި އެނބުރުމުގެ މައްސަލަ އަދިވެސް އޮތްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރިޔާސީ ޓިކެޓާއި ގުޅުވައި އެމްޑީޕީގެ އެންމެ އިސްކޮށް ތިއްބަވާ ދެ މެމްބަރުންގެ މެދުގައި ބޮޑު މައްސަލަތަކެއް ޖެހި، ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައިވެސް ދަތިތަކެއް ދިމާވެދާނެކަމުގެ ބިރު އެބައޮތެވެ. އެމްޑީޕީގެ ތެރޭގައި އޮތް މައްސަލަތަކާއިމެދު ޝަރީފްވަނީ ނުރުހުންވެ ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، 2008 ވަނަ އަހަރުގައި ދިވެހިން ގެންނަން ބޭނުންވި ބަދަލަކީ ރާއްޖޭގައި ހަގީގީ ޑިމޮކްރެސީ ގާއިމު ކުރުންކަމަށެވެ. ޝަރީފް ވިދާޅުވީ، ދިވެހިން ބޭނުންވީ އެ ހިޔާލުގެ ދަށުން ރާއްޖޭގައި އަމާންކަމާއިއެކު ދިރިއުޅެވޭނެ ފާގަތި ވެށްޓެއް ބިނާ ކުރުމަށް ކަމަށެވެ.

ޝަރީފް ވިދާޅުވީ، އެކަންކަން ކުރުމަށްޓަކައި ސިޔާސީ ޕާޓީތައް ވަކި މީހެއްގެ ފަހަތުން އެނބުރޭ އެއްޗެއް ގޮތުގައި އޮތުމުގެ ބަދަލުގައި ސިޔާސަތެއްގެ ދަށުން ގައުމަކަށް ހިދުމަތް ކުރާ މުއައްސަސާއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ދިވެހިން ބޭނުންވިކަމަށެވެ.

އެހެންނަމަވެސް ރާއްޖޭގެ ޑިމޮކްރެސީ އަދިވެސް އޮތީ 2003 ވަނަ އަހަރުގެ ތެރޭގައިވެސް އޮތް ގޮތުގެ މަތީކަމަށާއި ވަކި މީހެއް ވަށައި އަދިވެސް ސިޔާސީ ޕާޓީތައް އެނބުރުން ނިމުމަކަށް އައިސްފައިނުވާކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރޭގައި އެކަމަށް ކުޑަ ބަދަލުތަކެއް އައިސްފައިވަނީ އެމްޑީޕީއަށް ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެމްޑީީގެ ތެރޭގައި ކަލްޓު ފިކުރު އޮތްކަމަށާއި، އެހެންކަމުން ރާއްޖެއަށް ހަގީގީ ޑިމޮކްރެސީ އައުމަށް ވަގުތުތަކެއް ނަގާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ރައީސް ނަޝީދުގެ ”ފިކުރެއްގެ ދިރުން“ އިން މަސައްކަތްކުރަމުންދަނީ، ތާއީދު އޮތް ގޮތާއި ދެކޮޅަށް ކަމަށެވެ. އަދި އުޅުއްވަނީ އަގުލަބިއްޔަތުން ނިންމާފައިވާ ނިންމުމެއް ބާތިލު ކުރުމަށްކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ ފެކްޝަނުން ދަނީ ބޭނުން ކުރެވެން އޮތް ހުރިހާ ބާރެއް ބޭނުންކޮށްގެން އެ ނިންމުން ބަދަލުކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް މައްސަލަ އުފެއްދުމަަށް އެ ފުރުސަތު ދީގެން ނުވާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: