ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ އަންހެން ސެކިއުރިޓީން ލައްވާ އަޅުގަނޑުގެ ފިރިމީހާ ނެރޭ މަންޒަރު ބަލާކަށް ބޭނުމެއް ނޫން : ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް.
ޝެއާރކޮށްލާ ކަހަލަދޯ؟

ފިރިހެން މެންބަރުން ތަޅުމުން ނެރުމުގައި އަންހެން ސެކިއުރިޓީއިން ހަރަކާތްތެރިވުމަކީ ބަލައިގަނެވޭނެކަމެއްނޫންކަމަށާއި ،އެފަދައިން އޭނާގެ ފިރިކަނލުން ނެރެވިގެންްދާ މަންޒަރު ބެލަން ބޭނުން ނޫންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވިއެވެ.

އަންހެން ސެކިއުރިޓީން މަޖިލީހުގެ ފިރިހެން މެމްބަރުން ޖަލްސާ މާލަމުން ނެރުމުގައި ހަރަކާތްތެރި ނުވެވޭ ގޮތަށް ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހަޅާފައި ވަނީ މި އަހަރަށް މަޖިލިސް ހުޅުވާދެއްވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވި ދުވަހު ތަޅުމުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހުއެވެ.

ރައީސް އަބްދުﷲ ޔާމިން މިނިވަން ކުރުމަށް ގޮވާލައި، ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅުން އަޑުގަދަ ކުރަން ފެށުމުން މެމްބަރުންގެ ނަން އިއްވައި ތަޅުން ދޫކޮށް ދިއުމަށް ރިޔާސަތުން އެންގިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ތަކުރާރުކޮށް އިދިކޮޅު މެމްބަރުންގެ ނަން އިއްވައި ތަޅުން ދޫކޮށް ދިއުމަށް ވިދާޅުވެފައެވެ. ނަމަވެސް ރިޔާސީ ބަޔާނަށް މެމްބަރުން ހުރަސް އަޅަމުން ދިއުމުގެ ސަބަބުން ޖަލްސާ މެދުކަނޑާލައި މެމްބަރުން ތަޅުމުން ނެރުމަށް ސެކިއުރިޓީންގެ އެހީ ހޯދިއިރު އެއީ އަންހެން ސެކިއުރިޓީންނެވެ.

ފިރިހެން މެމްބަރުން މަޖިލީހުން ނެރުމަށް އަންހެން ސެކިއުރިޓީން ބޭނުން ކުރި މައްސަލައިގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވުނެވެ. އަދި ގިނަ ބަޔަކު އެކަމަށް ވަރަށް ބޮޑަށް ފާޑުވެސްކިޔެވެ.

އެހެންކަމުން ރޮޒައިނާ ވަނީ  އެ ގަވާއިދަށް އިސްލާހު ގެނައުމަށް ގަރާރެއް ހުށައަޅުއްވާފައެވެ. އެއީ މަޖިލީހުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ (ބ) އަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ގަރާރެކެވެ.

މި ގަރާރުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައިވެސް މިންތީގެ ހަމަހަމަކަން ގާއިމްވާން ޖެހޭނެކަމަށެވެ. މަޖިލީހަށް އަންހެން ސެކިއުރިޓީއިންނާއި، ފިރިހެން ސެކިއުރިޓީއިން ހަޔާކުރީވެސް މި ހަމަހަމަކަން ގާއިމްކުރުމަށްކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އިތުރަށް އެ ހަމަހަމަކަން ގާއިމްކުރެއްވުމަށްޓަކައި ކުރައްވަންޖެހޭކަމަކީ އެ މުވައްޒަފުން މަސައްކަތްކުރުމުގައި ގެންގުޅޭ އުސޫލުތައް ހަރުދަނާކުރުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ. މަޖިލީހުގެ ހުޅުވި ދުވަހު ތަޅުމުން މެންބަރުން ނެރެވިގެންދިޔައީ، އެކަމުގައި އަމަލުކުރަންޖެހޭ އުސޫލުން ބޭރުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އެދުވަހު ކަން ހިނގައިގެން ދިޔަ ގޮތް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އަންހެން ސެކިއުރިޓީއިން ފިރިހެން މެންބަރުންގެ ގައިގައި އަތްލާ، މެންބަރުން ތަޅުމުން ނެރެން ކުރި މަސައްކަތުގެ ތެރެއިން ކަންކަން ހިނގައިދިޔަ ގޮތްވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ. އަދި ފެނިގެންދިޔައީ ބަލަން އުނދަގޫވާފަދަ މަންޒަރުތަކެއްކަމަށް ވިދާޅުވިއެވެ.

ނައިފަރު ދާއިރާގެ އިއްޒަތްތެރި މެންބަރުގެ ނަން އިއްވުމާއި ގުޅިގެން އެމަނިކުފާނު ތަންކޮޅެއް ރީތިކޮށް ނިކުމެވަޑައިގެންތައް އަޅުގަނޑުމެންނަށް ފެނުނު. މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ސައީދުގެ ނަން އިއްވުމާއި ގުޅިގެން އެބޭފުޅާ މިތަނުން ނިކުތުމަށް ދެކޮޅު ހައްދަވާ އަންހެން ސެކިއުރިޓީ އޮފިސަރުން އެބޭފުޅާ އަތުގަ ހިފާ ދަމާ ކޫއްތާ އެތަން ކަންތައްތަކެއް ހިނގައިގެންިޔަ. ސެކިއުރިޓީ އޮފިސަރުން މިތާހުރި މުށިގަނޑުގެ ތެރެއަށް ވެއްޓި، އަނެއްކާ އެ މުށިގަނޑުގެ ތެރެއަށް މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު ވެއްޓިގެން ގޮސް.

ކަން މިހެން ހިނގައިގެން ދިއުމުން އެހެން މުއައްސަސާތަކުންވެސް އަމަލުކުރާ އުސޫލުގެ ތެރެއިން، އަންހެނުންގެ ގައިގައި އަތްލަން ޖެހިއްޖެ ހިދެއްގައި އަންހެން ބޭފުޅުން ހަރަކާތްތެރިވެ، ފިރިހެން ބޭފުޅުންގެ ކަންތައްތަކުގައިވެސް އެ އުސޫލުން ކަންތައްތައްކުރެއްވުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ތަޅުމުން އޭނާ ގަދަކަމުން ނެރެންޖެހޭ ހާލަތެއްގައި ފިރިހެން ބޭފުޅުން ހަރަކާތްތެރިވެ، އެފަދައިން ކަން ހިނގައިގެން ދާން އޭނާވެސް ބޭނުންނުވާކަމަށެވެ. އަދި އޭނާގެ ފިރިކަނލުންނަކީވެސް މަޖިލީހުގެ މެންބަރެއްކަމަށްވުމުން، ފިރިކަނލުން ނެރެވޭ ހިނދެއްގައިވެސް އަންހެން ބޭފުޅުން ހަރަކާތްތެރިވާން ނޭދޭކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އަންހެން ސެކިއުރިޓީއިންވެސް މި އުސޫލާއި މެދު ކަންބޮޑުވުންތަކެއް ހުންނާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: