ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ކޮންޓްރޯލްގައި މަޖިލީސް އޮތުމުން ހާމަވެގެންދަނީ ބާރުތައް ވަކިނުވެ އޮތް މިންވަރު: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ކޮންޓްރޯލް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަތްޕުޅުގައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށާއި، އެ ވާހަކަތަކުން ހާމަވަގެންދަނީ ގާނޫނީ ބާރުތައް ވަކި ނުވެ އޮތް މިންވަރުކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ގަވައިދާއިމެދު މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށައަޅުއްވާފައިވާ ގަރާރާއިމެދު ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ، ރަނގަޅުކުރަން ފެންނަކަންކަން ރަނގަޅު ކުރުމަކީ ކުރަންޖެހޭކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށެވެ. ރައީސް ނަޝީދަށް ޝުކުރު އަދާ ކުރައްވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަހީދު ވިދާޅުވީ، އެމަނިކުފާނުވަނީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި، ރާއްޖޭގައި ކުރިން އޮތް މަޖިލީހަށް ސިފައިން ވެއްދުމުގެ އުސޫލު ބަދަލުކުރައްވާފައިކަމަށެވެ. އަދި ސިފައިން ވައްދައިގެން މެމްބަރުންނަށް ބާރު ފޯރުވުމަށްވެސް ރައީސް ނަޝީދު މަސައްކަތް ކުރައްވާފައިނުވާކަމަށް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދު މަޝްވަރާއަށްވެސް ޖާގަދެއްވާކަމަށެވެ. އަދި ތަޅުމުގައި ތިއްބެވި މެމްބަރުންގެ ތެރެއިން “ޖޯށު” ވެސް ގެނެސްދެއްވާކަމަށާއި އިދިކޮޅަށްވެސް ޖާގަ ލިބިގެންދާ ގޮތަށް ބަހުސްތައް ވަކި އަމާޒަކަށް ހިފަހައްޓަވައި ޑިމޮކްރެޓިކް އުސޫލެއްގެ ދަށުން އެމަނިކުފާނުވަނީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާފައިކަމަށް ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ.

ވާހަކަތައް ކުރިއަށް ގެންދަވާ ވަހީދު ވިދާޅުވީ، ޓެކްސް ބޮޑު ކުރުމާއި ދެކޮޅު ހެދުމުން އެނާ އަށްވަނީ ޕާޓީގެ ވިޕާއި ހިލާވިކަމަށް ބުނެ ބިރު ދައްކައި ފިޔަޅުތަކެއް އަޅާފައިކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ގޮނޑިތަކަށް ކެމްޕެއިން ކުރެއްވިއިރު “އެޖެންޑާ 19” ގެ ދަށުން 19 ވައުދެއް ވެވަޑައިގެންނެވިކަމަށެވެ.

ވަހީދު ވިދާޅުވީ، އޭގެ ތެރެއިން އެންމެ މުހިންމު ވައުދަކީ ޖަވާބުދާރީކުރުވަނިވި ދައުލަތެއް ބިނާ ކުރުމަށް ވެވަޑައިގެންނެވި ވައުދުކަމަށެވެ. އޭނާ ވިދާޅުވީ، މަޖީލީހުގެ އެއް ދަންފަޅީގައި ބަހުސްކުރެވިގެންދިޔައީ މާ ކުރިން އެންމެހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރެވިފައިވާ ގަރާރަކާއި އެއްގޮތަށް ސަރުކާރުން އަމަލުނުކޮށްގެންކަމަށެވެ.

އޭނާ ވިދާޅުވީ، ގާނޫނު އަސާސީ ތަސައްވަރު ކުރާ ބާރުތައް ވަކި ނުވާ މިންވަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވި ވާހަކަތަކަކުން ހާމަވެގެންދާކަމަށެވެ. ވަހީދު ވިދާޅުވީ، މަޖިލީހުގެ ކޮންޓްރޯލް އެމަނިކުފާނުގެ އަތުގައިކަމަށް ރައީސް ސާލިހު ވިދާޅުވިކަމަށެވެ.

ވަހީދު ވިދާޅުވީ، މަޖިލީހުގެ ގަވައިދުގެ ދަށުން އަމަލު ކުރާނެ ތަރުތީބުތަކެއް ކަނޑައެޅިފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ މަސްއޫލިއްޔަތުތައް ބަލަހައްޓާ ކޮމެޓީގެ މުގައްރިރު ސަރުކާރުގެ ވާހަކަތައް ދެކެވޭ ކޮންމެ ފަހަރަކު ދަނީ “ފުންމައިގެން” ކަމަށެވެ.

އޭނާ ވިދާޅުވީ، ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އިންނަވަނީ ދިވެހިރާއްޖޭގެ ހަމައެކަނި ކުންފުންޏަކުން ހިންގާ ޝަހަރު ތަމްސީލު ކުރެއްވުމުގައިކަމަށެވެ. ވަހީދު ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ މުގައްރިރު އަދި ކޮމިޓީގެ މެމްބަރުންވެސް މައިގަނޑު ގޮތެއްގައި މަސައްކަތްކުރަމުންދަނީ އާއިލާގެ ބޭފުޅުން މިނިވަން މުއައްސަސާތަކަށް ލުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، މާލިއްޔާތު ކޮމިޓީގެ މުގައްރިރު އަބަދު އިންނަވަނީ މާލީ ވަޒީރާއިއެކު ހުރާއަށް ވަޑައިގެން އަމިއްލަ ގެސްޓް ހައުސްއެއްގައިކަމަށެވެ. އަދި މިނިވަންކަމާއި މުސްތަގިއްލުކަން އޮންނާނީ މިވަރަކަށް ނޫންތޯ ސުވާލު ކުރައްވާ އެނާ ވިދާޅުވީ، މަޖިލީހުގެ ގަވައިދަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގައި ރައްޔިތުންގެ ތަނެއްގެ ސިފަ އާއި ރައްޔިތުން ތަމްސީލުވުމުގެ ސިފައިގެ އިތުރުން ރައްޔިތުންގެ ނަމުގައި ކަންކަން ނިންމާ މަޖިލީހެއްގެ ސިފަ ޖެއްސުމަށްޓަކައި މަޖިލީހުގެ ގަވައިދަށް ބޮޑެތި ބައްދަލުތައް ގެންނަންޖެހިފައިވާކަމަށެވެ.

އެހެންނަމަވެސް އެކަންކަން އެއް ފަރާތްކޮށް، ސާޖަންޓް އެއްޓް އާރްސް ގޮތުގައި މަސައްކަތްކުރައްވާ އަންހެން ބޭފުޅުންތަކެއްގެ މައްްސަލަ އިސްކުރައްވާ މެމްބަރުންތަކެއް ތިއްބެވިކަން ފާހަގަކުރެއްވޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދަރަޖައަށް ރައީސް ސާލިހު މަޖިލިސް އޮބަހައްޓައި ކޮންޓްރޯލް ކުރެއްވަމުން ގެންދަވާތީ އެނާ ކަންބޮޑުވެވަޑައިގަންނަވާކަމަށް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދައްކަވަމުންދަނީ ދަރަނީގެ ވާހަކަތައްކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި 16 ބިލިއަން ލިބޭނެކަމަށް ލަފާ ކުރެވިފައިވާއިރު، ދަރަނީގެ ގޮތުގައި 18 ބިލިއަން ދެއްކުމަށް ކަނޑައެޅިފައިވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ވަހީދު ވިދާޅުވީ، އެ ވާހަކަތައް ދެއްކެވެމުން، އެކަމާއި ދެކޮޅު ހައްދަވައި އެކި ވާހަކަތައް ދައްކަވާކަމަށެވެ. އަދި އެކަމާއިވެސް ކަންބޮޑުވެވަޑައިގަންނަވާކަމަށާއި އެހެންކަމުން ތިން ބާރު ވަކި ވެފައިވާ މަގަކަށް ގެންދިއުމަށާއި މަޖިލީހުގެ ގަދަރާއި ކަރާމަތް ހިފެހެއްޓުމަށްޓަކައި ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: