ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނާސިރުން ފެށިގެން ހުރިހާ ސަރުކާރެއްވެސް އައްޑޫ ތަރައްގީ ކުރުމުގައި ފެއިލްވެއްޖެ: ޖާބިރު

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިރޭ ފުލުސް އޮފީހަށް ހާޒިރުވަނީ މައުމޫން ނެންގެވިކަމަށްބުނާ 29 މިލިއަން ރުފިޔާގެ މައްސަލާގައި. ފޮޓޯ:ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ އަތޮޅު ތަރައްގީ ކުރުމުގައި ހުރިހާ ސަރުކާރަކުން ފެއިލްވެފައިވާކަން ފެންނަން އޮތްކަމަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އައްޑޫ އެއަރޕޯޓާއި ސީޕޯޓު ޕްރައިވެޓުކުރުމަށް ގޮވާލާް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށައެޅުއްވި ގަރާރާއިމެދު ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، އޭނާ ހުންނެވީ ވަރަށް އުފާވެފައިކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި އޮންނަނީ ގިނަ ދުވަސްވެފައިވާ ރައްޔިތުންގެ މަޖިލީހެއްކަމަށެވެ، އެނާ ވިދާޅުވީ، އެހެންކަމުން އައްޑޫގެ ތަރައްގީއަށްޓަކައި ގަރާރެއް ހުށައެޅިގެންދިޔައީތީ ޝުކުރުވެރިވެވަޑައިގަންނަވާކަމަށެވެ.

އޭނާ ވިދާޅުވީ، ވޭތުވެދި 22 ވަރަކަށް އަހަރުގެ ތެރޭގައި އައްޑޫ އަތޮޅު ތަމްސީލުކުރާ މެމްބަރުންވަނީ މަޖިލީހުގައި އެކި ވާހަކަތައް ދައްކަވާފައިވަކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެ ކުރިއެރުވުމަށްޓަކައި އައްޑޫ އަދި ހުވަދޫވެސް ގުޅިލާމެހިފައިވާ އިގްތިސާދީ ނިޒާމެއް ބިނާ ކުރަންޖެހޭކަމަށެވެ.

ޖާބިރު ވިދާޅުވީ، އައްޑޫ ރައްޔިތުން އެ އަތޮޅު ދޫކޮށް އައިސް މާލެ ޑިވެލޮޕްކުރިކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުވެސް ޑިވެލޮޕްކުރިކަމަަށާއި އައްޑޫ އަތޮޅު ތަރައްގީ ކުރުމަށް ބިލިއަނުން ޑޮލަރު ހަރަދުކުރިކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކުރެވިފައިވަނީ އިސްރާފުވެގެންދާ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އަހުމަދު ރަޝީދު ހުށައެޅުއްވި ގަރާރުގައި ފާހަގަކުރައްވާފައިވާ ކަންކަން އައްޑޫގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫ އަތޮޅު ކުރިއަށް ނުގޮސް ހުވަދޫ އަތޮޅުވެސް ނުދާނެކަމަށެވެ. އަދި ފުވައްމުލަކަށްވެސް ހަމަ ތަރައްގީއެއް ނާންނާނެކަމަށާއި ތަރައްގީ އަންނާނީ މުޅި ސަރަހައްދަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޖާބިރު ވިދާޅުވީ، އެންމެ ލަހުން ތަރައްގީ ކުރެވެމުންދަނީ އައްޑޫ އަތޮޅުކަން ދިވެހި އެންމެހާ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ކޮންމެ ސަރުކާރަކުންވެސް ގިނަ “އެފޯރޓު” އަޅަފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އައްޑޫއަކީ އެންމެ ވޯޓު ގިނަ ސަރަހައްދުކަން އެންމެނަށްވެސް އެނގިވަޑައިގަންނަވާނެކަމަށެވެ.

އޭނާ ވިދާޅުވީ، އައްޑޫ އަދި ހުވަދޫ ސަރަހައްދުގައި ގިނަ ރިސޯޓުތަކެއް ބިނާ ކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބައިނަލްއަގުވާމީ ކަނެކްޓިވިޓީ ލިބިފައިނުވާކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

ޖާބިރު ވިދާޅުވީ، އައްޑޫ އަތޮޅުގައި ބެޑް ކެޕޭސިޓީވެސް ހުރީ އެކަށީގެން ނުވާ މިންގަނޑެއްގައިކަމަށެވެ. އަދި ރާއްޖޭގެވެސް މާސްޓާރ ޕްލޭނެއް އެކުލަވާލެވިފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އަމަލުތަކަމާއިމެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ، އެ ކައުންސިލު ޒިންމާދާރު ވާންޖެހިފައިވާކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫ ރައްޔިތުން އިންތިހާބުކޮށްފައިވާ މަޖިލިސް މެމްބަރުންވެސް ޒިންމާދާރުވެވަޑައިގަންނަވަން ޖެހިފައިވާކަމަށެވެ.

ޖާބިރު ވިދާޅުވީ، އަހުމަދު ރަޝީދު ހުށައެޅުއްވި ގަރާރަކީ، މާ ކުރިން ހުށައެޅިފައިވާންޖެހޭ އެއްޗެއްކަމަށެވެ. އޭނާ ވިދާޅުވީ، އައްޑޫ އަތޮޅަށް އިންވެސްޓުކޮށްގެން ތިބި ވިޔަފާރިވެރިން ކުރިއަށް ނުގޮސް ތިއްބެވި ސަބަބުތައް ދެނެގަންނަން ޖެހިފައިވާކަމަށެވެ. ޖާބިރު ވިދާޅުވީ، އައްޑޫ ތަރައްގީކޮށް ކުރިއެރުވުމުގައި ހުރިހާ ރައީސް ނާސިރުން ފެށިގެން ރައީސް ސާލިހުގެ ސަރުކާރާއިޖެހެންދެން ފެއިލްވެފައިވާކަން އަދުގެ ދިރާސާތަކުން ދައްކާ ކަމަށެވެ.

ޖާބިރު ވިދާޅުވީ، ކާބަފައިން ގެންދެއްވާފައިވާ ތަރައްގީތަށް ލޫޓުވާލާފައިވާކަމަށެވެ. އަދި ދިވެހި ދައުލަތުން އެކަމުގެ ޒިންމާ ނަގަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އޭނާ އެކަނިވެސްވަނީ އެތައް ސަތޭކަ މިލިއަން ޑޮލަރެއް އައްޑޫ އަތޮޅަށް އިންވެސްޓުކުރައްވާފައިކަމަށެވެ. އެހެން އެއްވެސް އިންވެސްޓުމެންޓެއްގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިނުވާކަމަށާއި އެއްވެސް މަންފާއެއް ލިބިފައިނުވާއިރު، ޒިންމާއެއް ނަގާނެ ފަރާތެއްވެސް ނެތްކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އައްޑޫ އަދި ކާށިދޫ ބުރިޖަކުން ގުޅުވާ ވާހަކަ އޭނާ ނުދައްކަވާކަމަށެވެ. އަދި ގުޅުވަންޖެހެނީ އިގްތިސާދީ ގޮތުންކަމަށާއި ބޮޑު ތިލަދުންމަތިން އައްޑޫ އާއި ހަމައަށްވެސް ގުޅުވަންޖެހިފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެ ކުރިއަރާނީ އައްޑޫވެސް ކުރިއަރައިގެންކަން އެންމެހާ ރައްޔިތުންވެސް ގަބޫލުކުރައްވަންޖެހިފައިވާކަމަށެވެ. ޖާބިރު ވިދާޅުވީ، ރާއްޖޭގެ ޕްރައިވެޓު ސެކްޓާރ ބާރުވެރިކުރަން ޖެހޭކަމަށެވެ. އަދި ޕްރައިވެޓު ސެކްޓާރ އުފެދިފައިވަނީ އައްޑޫ އަތޮޅުގެ ސަބަބުންކަމަށާއި ރާއްޖޭގެ އިންވެސްޓަރުންނަކީ އައްޑޫ އަތޮޅުގެ މީހުންކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރާއްޖެ ދަަސްކޮށްދިނުމުގެ މަސައްކަތްތައްވެސް ކުރަމުންދަނީ އައްޑޫއަށް ނިސްބަތްވާ ބޭފުޅުންކަމަށެވެ. އެހެންނަމަވެސް އެކަމުން ލިބިގެންދާ ފައިދާތަކުން އައްޑޫގެ ރަށްވެހިންނަށް އެކަށީގެންވާ ފައިދާއެއް ލިބިގެން ނުދާކަމަށް ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވެރިކަން ކުރުމުގެ ކަންކަންވެސް ބައްޓަންވެފައިވަނީ އިގްތިސާދީ ކަންކަން ބައްޓަންވެފައިވާގޮތަށް ކަމަށެވެ. ޖާބިރު ވިދާޅުވީ، އައްޑޫ އަށް މިންވަރުވެފައިވަނީ ނައިބު ރައީސްއެއްގެ މަގާމުކަމަށެވެ. އެހެންނަމަވެސް ފުވައްމުލަކަށް ވީ ވަރުވެސް އައްޑޫއަށް ވެފައިނުވާކަމަށާއި އައްޑޫއަށް ނިސްބަތްވާ ބޭފުޅަކަށް ވެރިކަން ލިބިގެންދާނެ މަގެއް ނެތްކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: