ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ތަރައްގީއަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އައްޑޫ ތަރައްގީކުރުން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރި ފުޅާ ކުރުމަށާއި ފެތުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި ވިޔަފާރި ބަނދަރުތައް ތަރަންގީ ކުރުންކަމަށް ދެކިވަޑައިގަންނަވާކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އައްޑޫ އައެރޕޯޓު އަދި ސީ ޕޯޓު ޕްރައިވެޓައިޒްކުރުމަށް ގޮވާލާ ހުށައަޅާފައިވާ ގަރާރަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ޝީޔާމްވަނީ ރާއްޖޭގެ އިތުރަށް ކުރިއެރުމުވަށް އިތުރާއި ދެކުނުގައި ވިޔަފާރި ބަނދަރުތައް ބިނާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އޭނާ ވިދާޅުވީ، އެހެންނަމަވެސް އެ މަސައްކަތްތައް ކުރަމުންދާތަން ފެނިވަޑައިނުގަންނަވާކަމަށެވެ.

ޝިޔާމް ވިދާޅުވީ، ފެނިވަޑައިގަންނަވަނީ އެ މަސައްކަތްތަކުގެ ބަދަލުގައި އެކަމަށް ކަނޑައެޅިފައިވާ ފައިސާތައް ބޭކާރު ގޮތުގައި ހޭދަ ކުރާ މަންޒަރުކަމަށެވެ. ޝިޔާމް ވިދާޅުވީ 211 މިލިއަނާއި ގާތް ކުރާ އަދަދަކަށް އައްޑޫ އެއަރޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރެވޭނެކަން ތަޅުމުގައި ފާހަގަކޮށްފައިވާކަމަށެވެ.

އެއަރޕޯޓުގެ ތަރައްގީއަށް ބޭނުންވަނީ މިލިއަނުންކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، ސަރުކާރުންވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެތައް ބިލިއަން ރުފިޔާއެއް ހޭދަކޮށްފައިކަމަށެވެ. އަދި ޔަގީނުންވެސް 180 ބިލިއަން ބެޖެޓު ކުރެވުނުކަމަށާއި 62 ބިލިއަންގެ ދަރަނިވެސް އުފައްދާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ގަރާރުގައި ބަޔާންކޮށްފައިވަނީ މުޅި ދިވެހިރާއްޖެ އަދި ހާއްސަ ގޮތެއްގައި ދެކުނުގެ ވިޔަފާރިތައް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތްކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްތައް އެއްވެސް މިންވަރަކަށް ކުރެވިފައިނުވާކަން އެނގިގެންގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ކުޅުދުއްފުށި ޕޯޓުގައި މިވަގުތު ފެން ހުރީ “ކަކޫތާ” ފެނަށް ކަމަށެވެ. އޭނާ ވިދާޅުވީ، އެ މިންވަރަށް ހުރެގެން ވަދެވޭނެ ބޯޓެއް އެނާއަށް ވިސްނިވަޑައިނުގަންނަވާކަމަށެވެ. އަދި ބާޖު ހެންޑަލް ކުރުމުގެ މަސައްކަތްތަށް ބޭނުންވާ ވަސީލަތްތައްވެސް އެތަނުގައި ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކްރޭނެ ނުވަތަ ތަކެތި ހިއްލާ ގެންގުޅެވޭނެ ވަސީލަތެއްވެސް އެތަނުގައި ނެތްކަމަށެވެ. އެހެންނަމަވެސް ބައިނަލްއަގުވާމީ ޕޯޓެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އުތުރުގައި ވިޔަފާރިތައް ތަރައްގީކުރުމަށް ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް އަގު ހެޔޮކޮށް މުދާ ލިބޭނެ ގޮތް ހެދުމަށް އެ ދާއިރާގެ މެމްބަރުންވެސް އަޑު ހަރުކޮށް ވާހަކަދައްކަވާފައިވާކަމަށެވެ. އެހެންނަމަވެސް މިއަދު އެ މެމްބަރުން އެ ވާހަކަތައް ދެއްކެވުމަށް ފަސްޖެހިވަޑައިގަންނަވާކަމަށާއި އެއީ އެކަންކަން ކުރެއްވިފައިނުވާތީކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ބޭފުޅުން އޭރު އެ ވާހަކަތައް ދެއްކެވީ “އަނދުން” އެޅިފައި ތިއްބެވުމުގެ ސަބަބުން ކަމަށެވެ. ޝިޔާމް ވިދާޅުވީ، އެ ބޭފުޅުން މިއަދު އެ ވާހަކަތައް ދެއްކެވުމަށް ބޭނުންވެވަޑައިނުގަންނަވާކަމަށެވެ. އަދި މިއަދު ވާހަކަދައްކަވާ ނަމަ، އޭރު އަނދުނުގައި ޖެހިފައި ތިއްބެވިކަން ހާމަކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަކީ އަނދުން އަޅުއްވާ ސަރުކާރެއްކަމަށެވެ. އޭނާ ވިދާޅުވީ ކޮޗިން ފެރީ ދިޔައީ “ޗޮކުން” ކަމަށެވެ. އަދި ފެރީ މެދުވެރިކޮށް އެހެނިހެން މަސައްކަތްތައް ކުރާނެ ވާހަކަތައްވެސް ދެއްކެވި ކަމަށާއި އެހެންނަމަވެސް އެ ވާހަކަތައް ދެއްކެވި މެމްބަރުން މިއަދު އެ ވާހަކަތައް ތަކުރާރު ކުރައްވަން ތައްޔާރަށް ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ، އައްޑޫގެ އައަރޕޯޓާއި ސީޕޯޓު އަދި ކުޅުދުއްފުށި ޕޯޓުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން އަވަށް ނިންމުމަށް ގޮވާލާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: