ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ބިލްތައް މަޑުޖެހިފައިވަނީ ކޮމިޓީ މަރުހަލާގައި: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގިނަ ބިލްތަކުގެ މަސައްކަތް ލަސްވެ ކޮމިޓީ މަރުހަލާގައި މަޑުޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ 17 ބިލެއްގެ މަސައްކަތް ވަނީ ކޮމިޓީގައި މަޑުޖެހިފައި ކަމަށެވެ. އަދި އެ ބިލްތަކުގެ މަސައްކަތް ކޮމިޓީތަކުގައި ކުރިއަށްދާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކޮމިޓީ މަރުހަލާގައި ހިމެނޭ ބިލްތަކަކީ:

1- ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ބިލް

2- ކުންފުނީގެ ބިލު

3- އިފްލާސްވުމާއި އިފްލާސް ކުރުމުގެ ބިލު

4- އެއްގަމުގައި ދުއްވާ އުޅަނދުތަކާ ބެހޭ ބިލު

5- ކަނޑުގައި ދުއްވާ އުޅަނދު ފަހަރާ ބެހޭ ބިލު

6- ބިނާވެށި ޕްލޭން ކުރުމުގެ ބިލު

7- އެެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

8- ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ދެ ބިލު

9- މާލީ އަދި އެހެނިހެން މަސްލަހަތު ހާމަކުރުމުގެ ބިލު

10- އިންޝުއަރެންސާ ބެހޭ ބިލު

11- ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

12- ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު

13- ޖަނަވާރުގެ ސިއްހަތާ ބެހޭ ބިލު

14- ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

15- ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

16- ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

17- ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު

މި ހުރިހާ ބިލުތަކެއް ނިންމާލުމަށް ކޮމެޓީ ތަކުގެ ވަގުތު އިތުރުކޮށްގެން ވެސް މި ދައުރުގެ ތެރޭގައި މަސައްކަތް ކުރުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރޯދަ މަހުގެ ކުރިން މަސައްކަތްތައް ރަނގަޅު ފެންވަރެއްގައި ކުރެވިފައި ހުރުމަކީ ރޯދަމަހަށް ފަސޭހަ ވެގެންދާނެ ކަމެއް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: