ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ރައީސުންގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ރައީސް އިބްރާހިމް މުހައްމަދުސާލިހް އާއި ނައިބު ރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި ބޭފުޅަކާ މެދު ސުވާލު އުފެދިފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވާ ނައިބުރައީސް ފައިސަލް ނަސީމް ރައީސްގެ މަގާމާއި ހަވާލުވެވަޑައިގަނެފައިވާ ކަމަށް ބުނެ ގަރާރު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގް އެވެ.

ތާރިގް ހުށަހެޅުއްވި ގަރާރުގައިވަނީ ނައިބު ރައީސް ފައިސަލް، ރައީސްގެ ހުވާ ކުރައްވައި ރައީސްގެ މަގާމާ ހަވާލްގެ ވަޑައިގަނެފައިވަނިކޮށް ރައީސް ސާލިހް އަނބުރާ މަގާމާ ހަވާލުވެފައި ވުމުން ދުސްތޫރީ އޮޅުން ބޮޅުމެއް އުފެދިފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ސާފު ހައްލެއް ހޯދައިދިނުމަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.

ރައީސް ސާލިހް މިދިޔަ އަހަރުގެ ތެރޭގައި ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރުމަށް ހޭނައްތަވާފައިވާތީ ނައިބު ރައީސް ފައިސަލް ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވިކަން ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ. އެ މައްސަލަ އިދިކޮޅު ޕީޕީއެމް އިން ވަނީ ދާދިފަހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ

ރައީސް ސާލިހް ހޭނައްތައިގެން އޮޕަރޭޝަނެއް ކުރަންޖެހިގެން ވަގުތީ ގޮތުން ވެރިކަމުގެ ބާރުތައް ފައިސަލް ނަސީމް އާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ފަތިހު 5.50 ގައި ރައީސްގެ މަސްއޫލިއްޔަތު ތަކާއި ނައިބު ރައީސް ފައިސަލް ހަވާލުވެފައިވަނީ މަޖިލީހުގެ ރައީސްގެ ކުރިމަތީގައި ރައީސް ކަމުގެ ހުވާ ކުރައްވައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 71%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 14%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: