ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ތަރައްގީއަށް ފުރުސަތުތައް ފަހިކޮށް ދިން ސަރުކާރެއް މިނޫނީ ނެތް : އަސްލަމް

ހިތަދޫ އުތުރު ދާެއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ތަރައްގީ އަށް ފުރުސަތުތައް ފަހިކޮށް ދިން ސަރުކާރެއް މިނޫނީ ނެތް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އައްޑޫ އިންތަރނޭޝަނަލް އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ސޮއިކުރެވިގެން ދާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ އައްޑޫ އެއަރޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގަނީ 28.5 މިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ އައްޑޫ އެއަރޕޯޓް މިހާރުވެސް ހިންގަނީ ޕްރައިވެޓައިޒް ކޮށްގެން ކަމަށާއި ސަރުކާރުގެ ހިއްސާއަކީ 70 ޕަސެންތް ކަމަށެވެ. ދެން އޮތީ ކާސާ ހޯލްޑިންގްސް ގެ 30 ޕަސެންޓް ހިއްސާއެވެ. އައްޑޫ އެއަރޕޯޓް ޕްރައިވެޓައިޒް ކުރީ އެމްޑީޕީ ސަރުކާރުންނެވެ.

އަސްލަމް ވިދާޅުވީ އައްޑޫ އެއަރޕޯޓްގެ ޓާމިނަލް ތަރައްގީ ކުރަނީ އަހަރަކު 4،5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރަށެވެ.

އަސްލަމް ވިދާޅުވީ ގަމުގެ ދޫގަސްގައި 100 އެނދުގެ ކޮޓަރި އާއި އައްޑޫގައި 50 އެނދުގެ ސިޓީ ހޮޓަލެއް އެޅުމަށް 35 މިލިއަން ޑޮލަރުގެ މަޝްރޫއަށް ކުރިމަތިލި މީހުންގެ ބީލަންތައް އިވެލުއޭޓް ކުރުން ވެސް ނިމުމަކަށް އަންނަ ކަމަށެވެ.

އަސްލަމް ވިދާޅުވީ ގަމުގައި ކާގޯ ފެސިލިޓީއެއް އެޅުމާއި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އިތުރު ކުރެވިގެން ދާނެ ކަމަށެވެ. އަދި ގަން އެއަރޕޯޓް ތަރައްގީ ކުރާއިރު ދޫގަސް ކުރިން ހިންގި ކުންފުންޏަށް ދައްކަންޖެހޭ 50 މިލިއަން ވެސް ގަން އެއަރޕޯޓުން ވަނީ އެކުންފުންޏަށް ދައްކައި ނިންމާފައިކަމަށެވެ.

މިއަހަރުގެ ބަޖެޓް ފާސްކުރިއިރުވެސް ދޫގަސް ތަރައްގީ ކުރުމަށް 25 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން 44 މިލިއަން ރުފިޔާ ބަޖެޓްގައު ހިމަނައި ކުރީގެ ލޯނު ދައްކަން ސަރުކާރުން ސަރުކާރުގެ ކޮމްޕޯނަނަޓްސް ވެސް ކޮންމެ އަހަރަކު ބަރާބަރަށް ދައްކަމުން ދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރަން އުނދަގޫ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ޝަންގްރިއްލާ އަށް ވިލިނގިލި ދޫކުރީ ވަރަށް ހާއްސަ އަގުތަކެއްގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެމްޓީޑީސީ އަށް ހެރަތެރަވެސް ދޫކުރީ ހާއްސަ އަގެއްގައި ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން އެންމެ މަތީ އަގަކަށް ވެސް ހެރަތެރަ ދޫކޮށްފައިވަނީ  1200 ޑޮލަރަށް ކަމް އަސްލަމް ވިދާޅުވއިެވެ.

އެދުވަސްވަރުގައި 10،000 ޑޮލަރުން 15،000 ޑޮލަރުން 20،000 ޑޮލަރުން އެނދަކަށް އަގު ނަގައިގެން ޓޫރިޒަމް އަށް ރިސޯޓް ނަގަމުން ދިޔަ ދުވަސްވަރެއްގައި އައްޑޫގެ ރިސޯޓްތައް ހިންގަން ކުއްޔަށް ދިނީ ކުޑަ އަގެއްގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 2010 ގައި ޓޫރިޒަމް ގާނޫނާއި ޓެކްސް އަށް ގެނައި ބަދަލުގެ ސަބަބުން ކޮންމެ އަކަ މީޓަރަކަށް 8 ޑޮލަރު ނަގަން ފެށުމުން ކޮންމެ ރިސޯޓަކުން ދެ މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. ނަމަވެސް ކޮވިޑްގައި އެ ފައިސާ ނުދެއްކި ރިސޯޓްތައް ބަންދުކުރަން ޖެހުމުން މި ސަރުކާރުން އެ 8 ޑޮލަރު 2 ޑޮލަރަށް ބަދަލުކޮށްދިން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އައްޑޫ ޕޯޓް ސަރަހައްދަށް ބޯޓް ފަހަރު ގާތް ކުރުަމަށް ބޭނުންވާ ފަޅު ފުންކުރުމާއި އިތުރަށް ބޭނުންވާ ޖެޓީ އެޅިގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: