ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދާރީ މުއައްޒިފުންގެ މުސާރަތައް ބޮޑު ނުކުރާތީ ކަންބޮޑުވޭ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިދާރީ މަގާމުތަކުގައި ތިބި މުއައްޒިފުންގެ މުސާރަ ބޮޑުކޮށްފައި ނުވާކަމާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގެންދަވަނީ އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ސަރުކާރުންވަނީ މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައެވެ.

ރާއްޖޭގައި މުހިންމު ދައުރުތައް އަދާކުރަމުންދާ އެހެނިހެން ދާއިރާތަކުގެ މުއައްޒިފުންގެ މުސާރައަށްވެސް ބަދަލުތަކެއް ގެނައުން މުހިންމުކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އިދާރީ މުއައްޒިފުންނަކީ ކަންކަމުގައި ވަކި ނަތީޖާއެއް ނެރުމުގައި މުހިންމު ދައުރެއް އަދާ ކުރާ ބައެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ އިންފްލޭޝަން ދަނީ މަތިވަމުންކަމަށެވެ. އެހެންކަމުން އިދާރީ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުގެ މުސާރަތައް ބޮޑުކޮށްފައިނުވާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އިދާރީ މުއައްޒިފުންގެ މުސާރަވެސް ބޮޑުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ސާލިހުގެ ސަރުކާރުންވަނީ ދާދި ފަހުން ގެންނެވި ބަދަލާއިއެކު މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލުތަކެއް ގެންސްފައެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިންގެ މުސާރަ 18،880 އިން 29،900 ރުފިޔާއަށް ބަދަލުކޮށްފައިވާކަމަށް ރައީސް ސާލިހު ވަނީ ހާމަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އެ އިތުރުވުމަކީ 59 އިންސައްތައާއި ގާތް ކުރާ ވަރެއްގެ އިތުރުވުމެއްކަމަށެވެ. ލެކްޗަރއިންގެ އިތުރުން އެހެނިހެން މަގާމުތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: