ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ހުންނެވީ ޖޭޕީއާއި އެމްއާރުއެމް އިން ކޯލިޝަން ހަދާނެކަން ޔަގީންކުރައްވައިގެން!

ސަރުކާރުގެ ކޯލިޝަންގެ ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރުވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން އެމްޑީޕިއާއިއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ކޯލިޝަން ހަދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ތ ހިރިލަންދޫގެ އެމްޑީޕީ މެންބަރުންނާއި މުޙާތަބުކުރައްވަމުން ކުރިއެކޭވެސް އެއްފަދައިން ރައީސް ސާލިހު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވެން އޮތް ފޯމިއުލާއަކީ ކޯލިޝަންކަމަށެވެ. ނަމަވެސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގަބޫލުފުޅުކުރައްވާ ގޮތުގައި ރިޔާސީ ނިޒާމުގައި ކޯލިޝަން ހެދުމެއް ނޯންނާނެއެވެ. އެގޮތުން ކޯލިޝަނާއި ދެކޮޅަށް ރައީސް ނަޝީދު ދައްކަވާ ވާހަކަތަކަށް ރައްދުދެއްވާ ރައީސް ސާލިހު ވިދާޅުވީ ކޯލިޝަންއާއި ދެކޮޅުހެއްދެވި ބޭފުޅުންވެސް މިހާރު ދައްކަވަނީ ކޮންމެސް ޕާޓީއަކާއިއެކު ކޯލިޝަން ހަދާ ވާހަކަކަމަށެވެ.

އެމަނިކުފާނު އެ އިޝާރާތްކުރެއްވީ ރައީސް ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއާއިއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަންއުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކަށްކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ކޯލިޝަން ހެދުމަށް މަޝްވަރާކުރުމުގެ ބާރު ރައީސް ސާލިހަށް ދެއްވުމާއިއެކު އެމަނިކުފާނު ވަނީ މިހާރުވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ކޯލިޝަން ހެދުމަށް ދައުވަތުދެއްވާފައެވެ. މިކަން ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ ކޯލިޝަނުގައި ތިބި ޕާޓީތަކުން ރައްޔިތުންގެ ފައިދާއަށް ވިސްނުމަށްފަހު ގޮތް ނިންމަވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީއިން އެމްޑީޕީއާއިއެކު ކޯލިޝަން ހަދާނެކަމަށް ރައީސް ސާލިހު ހުންނެވީ ޔަގީންކުރައްވައިގެންކަން އެމަނިކުފާނުގެ ވާހަކައިން ދޭހަވެއެވެ. މިކަމުގެ ނަތީޖާ ވަރަށް އަވަހަށް ރައްޔިތުންނަށް ފެންނާނެކަމަށް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ޕާޓީއަކަށް އިންތިހާބެއް އެއް ބުރުން ކާމިޔާބުނުކުރެވޭނެކަމަށް ރައީސް ސާލިހު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ރައީސް ސާލިހު މިހެން ވިދާޅުވެފައިވާއިރު ޖުމްހޫރީ ޕާޓީއިން ބޭއްވި، އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ޕާޓީގެ ލީޑަރުު ގާސިމް އިބްރާހީމް ވަނީ މި ސަރުކާރުން ކޯލިޝަން ޕާޓުނަރުންނާއިމެދު އަމަލުކުރާ ގޮތާއިމެދު ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ވައުދުތައް ފުއްދާއިރު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދައުރެއް އޮންނަކަމަށް ނުދެކޭކަމަށާއި، ނަމަވެސް ކޯލިޝަން ހަދަންވީމައި ޖޭޕީ ވަރެއް ނޯންނަކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ޕާޓިގެ ގައުމީ ކޮންފަރެންސް ނިމިގެންދިޔައިރު، ޕާޓިއިގެ ފަރާތުން އަމިއްލަ ކެނޑިޑޭޓެއް ނެރެ ވާދަކުރުމަށް ގޮވާލާ ކޮންފަރެންސްއަށް ހުށައެޅި ގަރާރުވެސް ވަނީ ފާސްކޮށްފައެވެ. ނަމަވެސް މިއީ ކޮންމެހެން އަމަލުކުރަންޖެހޭ ގަރާރެއް ނޫންކަމަށާއި، ގޮތް ނިންމާނީ ޕާޓީގެ ކައުންސިލުންކަމަށް ގާސިމް ވިދާޅުވިއެވެ.

މި ވާހަކަތަކަށްފަހު ގާސިމް އިބްރާހީމް ރައިސް އޮފީހަށް ވަޑައިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ބައްދަލުކުރައްވާފައިވާކަންވެސް ފާހަގަކުރެވެއެވެ.

އެމްއާރުއެމް އިންވެސް ކޯލިޝަން ހަދާނެކަމަށް ރައީސް ސާލިހު ވިދާޅުވެފައިވީ ނަމަވެސްއެ ޕާޓީގެ ފަރާތުން އަދި މިހާތަނަށް މިފަދަ އެއްވެސް އިޝާރާތެއް ކޮށްފައެއްނުވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: