ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ އެސްޓީއެމް ފެއަރ ފަށައިފި

އުރީދޫ ސްޓެމް ފެއަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ ފަރާތުން ބާއްވާ އެސްޓީއެމް ފެއަރ މިއަދު ފަށައިފިއެވެ.

އުރީދޫ އެސްޓީއެމް ފެއާ މިއަދު ފަށާފައިވާއިރު، މި ފެއާގައި ތަފާތު ހަތް ސްކޫލެއްގެ ދަރިވަރުން ބައިވެރިވެފައިވަނީ ތިން ކެޓަގަރީއެއް ކަމަށްވާ ނޮވިސް، ޖޫނިއާ، އަދި ސީނިއާ އެވެ.

އެސްޓީއެމް ތައުލީމާއި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާ މިއަދު އިއްޒުއްދީން ސްކޫލް ހޯލުގައި ފެށިފައިވާއިރު، މި ފެއާ 4 މާޗް 2023 އާ ހަމައަށް ކުރިއަށްދާނެ އެވެ.

މި ހަރަކާތުގައި ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި އަލް މަދްރަސަތުލް އަރަބިއްޔާތުލް އިސްލާމިއްޔާ، އިސްކަންދަރު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް، މަޖީދީއްޔާ ސްކޫލާއި ކަލާފާނު ސްކޫލް ހިމެނެއެވެ.

މި ފެއާގެ ފުރަތަމަ ދުވަސް (3 މާރިޗު 2023) ޚާއްސަކޮށްފައިވަނީ މި ހަރަކާތުގައި ދައްކާލާފައިވާ މަޝްރޫއުތައް ފަނޑިޔާރުންގެ އިވެލުއޭޝަން ކުރުމަށެވެ.

ފަނޑިޔާރުކަން ކުރުން އޮންނާނީ 2023 މާރިޗު 3 ވަނަ ދުވަހުގެ މެންދުރު 2:30 އިން ރޭގަނޑު 10 އަށެވެ. މި ފެއާ އާންމުންނަށް ބަލާލުމަށް ހުޅުވާލާނީ 2023 މާރިޗު 4 ވަނަ ދުވަހުގެ ހެނދުނު 10 އިން ހަވީރު 4 އަށެވެ.

“ޑިޖިޓަލް ޓްރާންސްފޯމަޝަންގެ ސަބަބުން ސިނާއަތްތައް އަލުން ބައްޓަން ކުރަމުންދާއިރު، މޯލްޑިވްސްގައި ހައްލުތައް ފޯރުކޮށްދީ އިނޮވޭޝަން ދުއްވާލެވޭނެ އެސްޓީއެމް ޕްރޮފެޝަނަލްސްގެ އަންނަން އޮތް ޖީލެއް ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއް ދުނިޔެ.” އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް

އޮނަރަބަލް ޑރ. މިނިސްޓަރ އޮފް އެޑިއުކޭޝަން، އައިޝަތު އަލީ ވަނީ މި ހަރަކާތަށް ތާއީދު ކުރައްވާކަން ފާޅުކުރައްވައި، އެސްޓީއެމް ތައުލީމާއި ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާފައެވެ. “ޑިޖިޓަލް ދުނިޔޭގައި ކާމިޔާބު ހޯދުމަށް ބޭނުންވާ ޢިލްމާއި ހުނަރު އަޅުގަނޑުމެންގެ ދަރިވަރުންނަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އުރީދޫ އެސްޓީއެމް ފެއާއަކީ އެސްޓީއެމް ތައުލީމު ކުރިއެރުވުމަށާއި މި ދާއިރާތަކުން ކެރިއަރު ކުރިއަށް ގެންދިއުމަށް ދަރިވަރުންނަށް އިންސްޕަޔަރ ކުރުމަށް ކުރިއަށް ގެންދާ މޮޅު މަސައްކަތެއް،”.

އުރީދޫ އެސްޓީއެމް ފެއާގެ މަގުސަދަކީ އެސްޓީއެމް ދާއިރާތަކުން ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމާއި، ހަގީގީ މައްސަލަތައް ހައްލުކުރުމަށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، އަދި ހިސާބު ބޭނުންކުރުން ކުރިއެރުވުމާއި، އެސްޓީއެމް މާއްދާތައް ތަޖުރިބާ ކުރުމަށް ތައުލީމީ އަދި ބާރުއަޅާ ތަޖުރިބާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: