ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާކާމިޔާބުވުމަކީ އިރު އިރުކޮޅާ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫން: އިމްރާން

ހޯމް މިނިސްޓަރ އިމްރާނާއި ޝެއިޚް އިމްރާން
ޝެއާރކޮށްލާ ކަހަލަދޯ؟

ނާކާމިޔާބުވުމަކީ އިރު އިރުކޮޅާ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީތަކުން، އެހެން ޕާޓީތަކާއިއެކު ކޯލިޝަން ހަދަމުންދާ މި ދަނޑިވަޅުގައި ޓުވީޓެއްކުރައްވާ އިމްރާން ވިދާޅުވެފައިވަނީ ސިޔާސީ މަސައްކަތުގައި އިހުލާސްތެރި ހިތަކައިގެން އެއްގޮތެއްގައި، ދިގު މުއްދަތަކަށް ދެމިހުރެގެން ނޫނީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެކަން ވަރަށް ސާފުކޮށް ފެންނަމުންދާކަމަށެވެ. އިމްރާން އިތުރަށް ވިދާޅުވެފައިވަނީ ނާކާމިޔާބުވުމަކީ އިރު އިރުކޮޅާ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫންކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހަށް ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީގެ ގައުމީ މަޖިލީހުން ދިނުމާއިއެކު، އެމަނިކުފާނު ވަނީ މިހާރުވެސް ސަރުޚާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ކޯލިޝަން ހެދުމުގެ ދައުވަތު އަރުވާފައެވެ. އެ ދައުަތު އެންމެ ފުރަތަމަ ގަބޫލުކުރެއްވި އިމްރާން ރައީސްކަން ކުރައްވަމުންގެންދަވާ އަދާލަތު ޕާޓީއިންނެވެ. ގިނަ ބަޔަކު މިކަމަށް ފާޑުކިޔާފައިވާއިރު، ބުނަމުންގެންދެވީ އިމްރާންއަކީ މަގާމުގެ ދަހިވެތިކަމުގައި މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެވެ. އަދި ސަރުކާރުން ކޯލިޝަން ޕާޓުނަރުންނާއިމެދު ކޮންމެ ގޮތަކަށް އަމަލުކުރެއްވި ނަމަވެސް އަމިއްލަ މަންފާއަށްޓަކައި ކޯލިޝަން ހެދުމަށް އަނެއްކާވެސް ނިންމީކަމަށެވެ. މި ވާހަކަތަކަށް ރައްދުދެއްވާ އިމްރާން ވިދާޅުވީ އަދާލަތު ޕާޓީއިން ގޮތް ނިންމަނީ ރައްޔިތުންގެ މަންފާއަށް ވިސްނުމަށްފަހުކަމަށެވެ.

މީގެ އިތުރުން އެމްޑީއޭއިންވެސް ރައީސް ސާލިހާއިއެކު ކޯލިޝަން ހެދުމަށް ވަނީ ނިންމާފައެވެ.

ރައީސް ސާލިހު އެރުވި ދައުވަތާއިމެދު ވަކި ގޮތެއް ނުނިންމާ އޮތީ، މިހާރުވެސް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިންނެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ސަރުޚާރުން ކޯލިޝަން ޕާޓުނަރުންނާއިމެދު އަމަލުކުރަމުންދާގޮތާއިމެދު ނުރުހުން ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: