ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއިއެކު ތަރައްގީ އަދި ސަލާމަތީ މަސައްކަތްތައް ކުރުމަށް ޗައިނާ އޮތީ ތައްޔާރަށް: ވޭންގް ލީޒިންގ

ޗައިނާއާއި ރާއްޖޭގެ ގުޅުމަށް 50 އަހަރުފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށާއި ޗައިނާއަށް މުހިންމު ދާއިރާތައް ދެނެގަނެ، ތަރައްގީކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވޭންގް ލީޒިންގ ވިދާޅުވެއްޖެއެވެ.

ޗައިނާއިން އިސްނަގައިގެން ކުރިއަށް ގެންދާ ސަރަހައްދީ ސަލާމަތީ މަސައްކަތްތަކާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން، މިވަތު ބައިނަލްއަގުވާމީ ސަލާމަތީކަންކަން އޮތީ ދަތިގޮތަކަށް ކަމަށެވެ. އަދި ޗައިނާ އާއި ރާއްޖެވެސް އަމާންކަމާއި ރައްކައުތެރިކަން އިތުރު ކުރުމަށް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

ވޭންގް ވިދާޅުވީ، އެ ގައުމުގެ ގްލޯބަލް ސެކިއުރިޓީ އިނިޝިއަޓިވްގެ ދަށުން އާ މަގުތަކެއް ފަހިވެގެންދާކަމަށެވެ. އޭނާ ވިދާޅުވީ، އަމަންއަމާންކަން ދެމެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާކުރުމުގެ ފުރުސަތު ފަހިވެފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، ޗައިނާ އޮތީ ރާއްޖެއާއިއެކު އެ މަސައްކަތްތައް ކުރުމަށް ތައްޔާރަށް ކަމަށެވެ. އޭނާ ވިދާޅުވީ، ސިއްހީ ދާއިރާ އާއި، މޫސުމީ ކަންކަމާއި، ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުުމުގެ މަސައްކަތްތައް ގުޅިގެން ކުރިއަށް ގެންދިއުމަށް ޗައިނާގެ އެއްބާރުލުން ލިބޭނެކަމަށެވެ.

ވޭންގް ވިދާޅުވީ، ސާފު ހަކަތަ އުފެއްދުމާއި، ޓެރަރިޒަމް އާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ކުރިމަތިވާ ކާރިސާތަކުގައި ވެސް ގުޅިގެން ކުރިއަށް ދިއުމަށް ޗައިނާއިން އޮތީ ތައްޔާރަށްކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތުގެ މަތިން އަމަލުކޮށް ކުރިމަތިވާ ސަލާމަތީކަންކަންވެސް ބެލެހެއްޓުމުގައި ދެ ގައުމު އޮންނާނީ އެކުގައިކަމަށެވެ. އަދި އެ ގައުމުގެ ސަލާމަތީ އިނިޝިއަޓިވް އަކީ އަލި ކުރިމަގެއް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: