ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތު ޕާޓީގެ ގޮފިތަކުގެ އިންތިހާބު ބާއްވަނީ

އަދާލަތު ޕާޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައި އިންތިހާބު އަންނަ މަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އަދާލަތު ޕާޓީގެ ފަރާތުން ބުނީ އެ ޕާޓީގެ ގޮފިތަކުން ހުސްވެފައިވާ މަގާމުތަކަށް މީހުން އިންތިހާބުކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު ކަމަށެވެ.

އަދާލަތު ޕާޓީން އިންތިހާބު ކުރުމަށް ހުޅުވާލާފައިވާ މަގާމުތަކުގެ ތެރޭގައި ހިމެނެނީ،  ރައީސް، ނައިބު ރައީސް، ސެކެޓްރީ، ސެކެޓްރީގެ ނައިބު، ހަޒާންދާރު، މީޑިއާ ކޯޑިނޭޓަރު، ޔުނިޓްތަކުގެ މަންދޫބުން، އަންހެނުންގެ ކޮމިޓީގެ ރައީސާ އާއި ޒުވާނުންގެ ކޮމިޓީގެ ރައީސްއެވެ.

އަދާލަތު ޕާޓީގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ އެ ޕާޓީގެ މެމްބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 8 ވަނަ ދުވަހުގެ މެންދުރުފަހު 3 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އަދާލަތު ޕާޓީގެ ފަރާތުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުގައި ބުނެފައިވަނީ ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ޕާޓީގެ މެންބަރުން ކަމުގައި ވާންޖެހޭނެކަމަށެވެ.

ޕާޓީގެ މެމްބަރުކަމުގެ ފޯމް ފުރުމަށްފަހު ރަޖިސްޓްރާ ފޯމް ބަލައިގަންނަ ހިސާބުން މި އިންތިހާބުގެ ބޭނުމަށް އެއީ މެމްބަރެއް ކަމުގައި ބެލެވޭނެއެވެ.

ގޮފިތަކުގެ ހިންގާކޮމިޓީގެ ހުސްވެފައިވާ މަޤާމްތަކަށް އާއްމުކޮށް މިއަދު ވަނީ ހުޅުވާލާފައެވެ. އަދި ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށައެޅުމުގެ މުއްދަތު 8 މާރިޗު 2023 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އިންތިހާބުގައި ކުރިމަތި ލުމަށް އެދޭ ފަރާތްތަކުން، ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށް އެޕާޓީން ވަނީ އެދިފައެވެ.

އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ  އޭޕްރީލް މަހުގެ 1 ވާ ހޮނިހިރު ދުވަހުގެ ހެދުނު 9:00 އިން ފެށިގެން މެންދުރު ފަހު 3:00 ގެ ނިޔަލަށެވެ.

އިންތިޚާބާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރަން އެދޭނަމަ 3342671 އަށް ގުޅުއްވުން ނުވަތަ admin@adaalath.org.mv އީމެއިލް ކުރެއްވުމަށް ވަނީ އެދިފައެވެ.

އަދާލަތު ޕާޓީ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އެކު ކޯލިޝަން ހެދި ފުރަތަމަ ޕާޓީއެވެ. އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ މިސަރުކާރުގެ ހޯމް މިނިސްޓަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: