ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރުގެ ދައުރަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ތަކުލީފުތައް ކުރިމަތިވެގެންދިޔަ ވެރިކަމެއްކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހުގެ ސަރުކާރުން ފުއްދައިދިނުމަށް ބުނެފައިވާ ގިނަ ވައުދުތަކެއް ފުއްދިފައިނުވާކަމަށް ފާހަގަކުރައްވާ ޖަމީލު ވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ، ރައީސް ސާލިހަކީ މިވަގުތު ހަރަކާތްތެރިވަމުންދާ އެންމެހާ ސިޔާސީ ބޭފުޅުންނާއި އަޅާ ކިޔާއިރުވެސް ފެންވަރުދަށް ބޭފުޅެއްކަމަށެވެ.
މިއީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ތަކުލީފު ދިން 5 އަހަރު. @ibusolih އަކީ މިވަގުތު ތިބި ސިޔާސީ ކޮންމެ މީހަކަށް ވުރެ ފެންވަރު ދަށް ފަރާތެއް. ދެން ނާށިގަނޑު ހިފައިގެން ސަލާންޖެހިޔަސް ބަޔަކު އެކްސައިޓްނުވޭ. މިއުޅެނީ އިބޫއަށް މޮޅު ގޮތް ހޯދާކަށް ނޫން، ޤައުމް ތެދުކުރަން. pic.twitter.com/pSDkJmUKGi
— Mohamed Jameel Ahmed (@MJameelAhmed) March 4, 2023
ޖަމީލު ވިދާޅުވީ، ނާށިގަނޑެއް ހިއްޕަވައިގެން ރައީސް ސާލިހު ސަލާން ޖައްސަވާކަމަށެވެ. އެހެންނަމަވެސް އެއްވެސް ބައެއްގެ ޝައުގުވެރިކަން އެމަނިކުފާނަށް ލިބިވަޑައިނުގެންނެވިކަމަށާއި ސިޔާސީ މީހުން މަސައްކަތްކުރަމުންދަނީ ގައުމު ތެދުކުރަންކަމަށާ ރައީސް ސާލިހަށް މޮޅުތަކެއް ހޯދައިދިނުމަށް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

