ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ކަނޑުގައި ހަމަނުޖެހުމެއް އުފެދިއްޖެއްޔާ އެންމެ ފުރަތަމަ އަސަރުކުރާނީ ރާއްޖެއަށް: ޝާހިދު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އޮންނަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ މެދުގައިކަމަށާއި، އެހެންކަމުން މި ސަރަހައްދުގައި ހަމަނުޖެހުމެއް އުފެއްދިއްޖެ ހާލަތެއްގައި އެންމެ ފުރަމަ އަސަރުކުރާނީ ރާއްޖެއަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ހުރެގެން ދެއްވި އިންޓަރިވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ހުރިހާ ގައުމަކާއިއެކުވެސް މަސައްކަތްކުރާކަމަށެވެ. އަދި ޗައިނާއަކީވެސް ރާއްޖޭގެ ތަރައްގީގެ ޒަމާންވީ ބައިވެރިއެއްކަމަށާއި، އެ ގައުމުން ރާއްޖެއަށް ދީލަތިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ގިނަ ޕްރޮޖެކްޓުތަކެއް ހިނގަމުންދާ މަންޒަރު ރާއްޖެއިން ފެނިގެންދާނެކަމަށެވެ. އަދި ޗައިނާގެ އެހީ އާއިއެކު ބައެއް މަސައްކަތްތައް ކުރެވޭއިރު، އެހެނިހެން އެހެން ގައުމުތަކުގެ ބައިވެރިވުންވެސް އޮތްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ އެއްވެސް ގައުމެއްގެ ދުޝްމިނެއް ނޫންކަމަށެވެ. އަދި ރާއްޖެއަކީ އެންމެހާ ގައުމުތަކާއިވެސް ރަހުމަތްތެރިކަން ބާއްވާ ގައުމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، އިންޑިއާއި ކަނޑުގެ ސަރަހައްދުގައި އުޅަނދުފަހަރަަށް މިނިވަންކަމާއިއެކު ދަތުރުކުރެވޭކަން ކަށަވަރުކުރެވިފައި އޮތުމަކީ ކޮންމެހެންވެސް މުހިންމު ކަމެއްކަމަށެވެ. އަދި އެ ސަރަހައްދުން ގިނަ ގައުމުތަކެއް ގުޅިގެންދާކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރާއްޖެ އޮތީ އެ ސަރަހައްދުގެ މެދުގައިކަމަށެވެ. އެހެންކަމުން އަމާންކަން ގާއިމުކޮށް ތަރައްގީތައް ގެނެވޭނެ މާހައުލެއް ގާއިމުވެފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ އަމާންކަން ދެމެހެއްޓުމަށް ކޮންމެ މަސައްކަތެއްވެސް ކުރުމަށް ރާއްޖެ އޮތީ ތައްޔާރަށްކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އިންޑިއާ ސަރަހައްދުގައި އުފެދޭ ކޮންމެ ހަމަނުޖުމެއްގެ އަސަރުވެސް އެންމެ ފުރަތަމަ ކުރާނީ ރާއްޖެއަށްކަމަށެވެ. އެހެންކަމުން އަވައްޓެރި ގައުމާއިއެކު ގާތް ގުޅުމެއް ގެންގުޅޭކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، ގުޅިފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީލަންކާ މޮރިޝަސް އަދި ބަންގްލަދޭޝްވެސް ހިމެނޭކަމަށެވެ. އަދި އެގޮތުގެ މަތިން މަސައްކަތްތަކެއް ކުރަމުންދަނީ މި ސަރަހައްދުގެ ކަންކަން ދެމެހެއްޓިފައި އޮތުމަކީ އެންމެހާ ގައުމުތަކަށްވެސް އެންމެ ފައިދާ ހުރި ގޮތްކަމަށް ވުމުންކަމަށް ޝާހިދު އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: