ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3 ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާރވޭ ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އާއި ދިވެހިރާއްޖެ ގުޅިގެން 3 ވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާރވޭއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފިއެވެ.

އިންޑިއަން ނޭވީ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ ތިންވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާވޭއަކީ 19 ޖެނުއަރީ އިން 26 ފެބްރުއަރީ 2023 އަށް އިންޑިއަން ނޭވަލް ޝިޕް އިންވެސްޓިގޭޓަރ (އައިއެންއެސް އިންވެސްޓިގޭޓަރ) އިން ކުރިއަށް ގެންދިޔަ ސާރވޭ އެކެވެ.

މި މުއްދަތުގެ ތެރޭގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިހަވަންދިއްޕޮޅާއި ތިލަދަންމަތީ އަތޮޅާއި ގައްލަންދޫ ކަނޑު ހިމެނޭ ގޮތަށް އުތުރު ރާއްޖެ ސާވޭ ކޮށްފައިވެއެވެ.

ފުރަތަމަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާވޭ  2022 ވަނަ އަހަރުގެ ފެބްރުއަރީ އަދި މާޗް މަހު އައިއެންއެސް ދަރްޝަކުން ކުރިއަށް ގެންދިޔައިރު، ދެވަނަ ޖޮއިންޓް ސާވޭ ކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް/މެއި މަހު އައިއެންއެސް ސުތްލެޖްއިންނެވެ.

މި ސާވޭގައި މި އަތޮޅުތަކުގެ 6308 ކިލޯމީޓަރުގެ ސައުންޑިން ކަވަރުކޮށްފައިވެއެވެ. މި ސައުންޑިންގ ލައިންތަކުން 2630 އަކަ ކިލޯމީޓަރުގެ ސަރވޭއެއް ކޮށްފައިވާއިރު، މުޅި އިހަވަންދިއްޕޮޅު އަތޮޅާއި ތިލަދަންމަތީގެ ބައެއްގެ ސަރވޭ ވަނީ ކުރިއަށް  ގެންގޮސްފައެވެ.

އިހަވަންދިއްޕޮޅުގެ ކުރީގެ ޗާޓަކީ 1934 ވަނަ އަހަރު ކުރި ސާވޭތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޗާޓެކެވެ. މި ސަރވޭތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އެއްގަމާއި ބޯޓާއި ހެލިކޮޕްޓަރާއި އުޅަނދުފަހަރުގައި ގަދަވަޔާއި ވިއްސާރައިގައެވެ. އަދި ހެލިކޮޕްޓަރާއި ބޯޓު ދަތުރުތަކާއި 88 ކިލޯމީޓަރުގެ ފައިމަގުގައި ސާވޭ ކުރުމުގެ އިތުރުން ގިނަ ސަރަހައްދުތަކެއްގައި ސާވޭކުރުމަށް މަލްޓި ބީމް އެކޯ ސައުންޑާ ބޭނުންކޮށްފަ އެވެ.

މި ސާވޭގައި އިހަވަންދިއްޕޮޅު އަވަށުގެ ތެރެއިން އަލަށް 52 ޝޮލް ފެނިފައިވެއެވެ.

މި ސަރަޙައްދުތަކުގެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ސަރވޭތަކުގެ ސަބަބުން އުޅަނދުފަހަރުގެ ނެވިގޭޝަނަލް ސޭފްޓީ އިތުރުވެ، ރާއްޖޭގެ ނޫ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ދާއިރާތަކުގެ އަޕްޑޭޓް ނެވިގޭޝަނަލް ޗާޓް/ އިލެކްޓްރޯނިކް ނެވިގޭޝަނަލް ޗާޓްތައް އުފެދިގެންދާނެއެވެ.

ދިވެހި ސަރުކާރުގެ “ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ)ގައި އިސްކަންދޭ 5 ދާއިރާގެ ތެރެއިން ފުރަތަމަ ދާއިރާއަކީ ބްލޫ އިކޮނޮމީ/ނޫ އިޤްތިޞާދެވެ. އެގޮތުން ޓޫރިޒަމް، ފިޝަރީޒް، އެގްރިކަލްޗަރ، އެސްއެމްއީ، ލޭބަރ އެންޑް އެމްޕްލޯއިމަންޓް އަދި އިކޮނޮމިކް ޑައިވަރސިފިކޭޝަން ހިމެނެއެވެ. އެހެންވީމާ، ނެވިގޭޝަނަށް ލިބޭ ފައިދާތަކުގެ ބޭރުން، މި ހައިޑްރޯގްރެފިކް ސަރވޭތަކުން، ރާއްޖޭގެ ކަނޑުގެ މަގުތައް، ފާގަތި މުސްތަޤްބަލަކަށް މެޕްކުރެއެވެ. ކުޅުދުއްފުއްޓާއި މާރަންދޫ އަދި ހޯރަފުއްޓަށް އުދައިގެ އޮބްޒަވޭޝަންތައް ވެސް އެ ބޯޓުން ކޮށްފައިވާ އިރު،  ކުރިއަށް އޮތް ތަނުގައި އުދައިގެ ސައްޙަ އަންދާޒާތައް ކުރެވޭނެ އެވެ. މާރަންދޫ އާއި ހޯރަފުށީގައި ވެސް އާ ބެންޗްމާކްތަކެއް ޤާއިމުކޮށްފައިވާއިރު  ، އޭގެ ސަބަބުން އުދައިގެ ސައްޙަ ރީޑިންއާއި އަންދާޒާތަކަށް މަގުފަހިވެގެންދާނެއެވެ.

މި ސަރވޭގެ ސަބަބުން މުސްތަޤްބަލުގައި އިހަވަންދިއްޕޮޅު އަދި ތިލަދަންމަތީ އަތޮޅު ހިމެނޭގޮތަށް ބޮޑު ދެ ޗާޓާއި މީޑިއަމް ސްކޭލް ޗާޓް ޗާޕުކުރުމަށް  މަގުފަހިވެގެންދާނެއެވެ.  26 ފެބްރުއަރީ 2023ގައި އައިއެންއެސް އިންވެސްޓިގޭޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ސާވޭ ކުރި ސަރަހައްދުތަކުގެ ހަތަރު ފެއާ ޝީޓް ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއާ ހަވާލުކުރެވުނެވެ. މި ރަސްމިއްޔާތުގައި ސީޑީއެފް މޭޖަރ ޖެނެރަލް ޝަމާލާއި މޯލްޑިވްސް ހައިޑްރޯގްރަފިކް ސަރވިސްގެ ހެޑް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް މަންސޫރާއި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސާވޭއަކީ ސިފައިންގެ ތެރޭގައި ހައިޑްރޯގްރެފިކް ފެސިލިޓީތައް ގާއިމުކުރުމަށް އިންޑިއާއިން ރާއްޖެއަށް އެއްބާރުލުން ދިނުމުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ ސާވޭއެކެވެ.

ރާއްޖޭގެ އަމިއްލަ ހައިޑްރޯގްރެފިކް ޤާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ޖޮއިންޓް ސަރވޭގައި، ވަޒީފާގެ ތަމްރީނުތަކާބެހޭ ޖޮއިންޓް ސަރވޭގައި ސިފައިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ހައިޑްރޯގްރެފިކް އިކުއިޕްމަންޓް ސެޓެއް ވެސް ވަނީ ދިވެހި ސަރުކާރާއި ހަވާލުކޮށްފަ އެވެ.

މި އިކުއިޕްމަންޓްތަކަކީ 2021 ވަނަ އަހަރުގެ މާޗް މަހާއި 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ދިވެހި ސަރުކާރަށް ހުށަހަޅާފައިވާ ހައިޑްރޯގްރެފިކް އިކުއިޕްމަންޓްތަކުގެ އިތުރުން ދެވިފައިވާ އިކުއިޕްމަންޓްތަކެކެވެ. އޭގެ ސަބަބުން މޯލްޑިވްސް ހައިޑްރޯގްރެފިކް ސަރވިސްގެ ސަރވޭތައް ހެދުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އިންޑިއަން ހައިކޮމިޝަނުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: