ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫވީމަ އަޅަނީ އާދައިގެ ޓާމިނަލެއްކަމަށް ބުނާތީ ފައްޔާޒުގެ ރައްދު: ފައިސާ ލިބުނީމަ އެތަން ތަޅާލާފައި އާތަނެއް އަޅާނީ!

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި އަޅަނީ އާދައިގެ ޓާމިނަލެއްކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލް ރައްދުދެއްވައިފިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ މިއީ ރައިސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގެންނަވަމުންދާ ތަރައްގީގެ ތެރެއިން ދެކުނަށް އެންމެ މުހިންމު ތަރައްގީކަމަށެވެ. މިކަން ފައްޔާޒު ފާހަގަކުރެއްވީ އައްޑޫ ސިޓީއާއި، ދެކުނުގެ ހުރިހާ ރަށެއްގެ ވިޔަފާރިއަށްވެސް އުއްމީދުތައް އާވެގެންދާނެކަމެއްގެ ގޮތުގައިއެވެ.

އެހެނީ މި މަޝްރޫއުއާއިއެކު މުޅި ދެކުނަށް މުޅި ދެކުނަށް އަންނާނީ އިގްތިސާދީ އަދި  އިޖުތިމާއީ ކުރިއެރުން.

ގާނޫނީ ގޮތުން މީގެ އެތައް އަހަރެއް ކުރިން ސިޓީއެއްގެ ލަގަބު އައްޑޫއަށް ދީފައިވީ ނަމަވެސް ސިޓީގެ ދަރަޖައާއިއެކު އަންނަންޖެހޭ އުމްރާނީ ތަރައްގީ އައްޑޫއަށް އައިސްފައި ނުވާކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ، މިކަން ދެނެގަނެ ދެކުނުގެ އިގްތިސާދީ މައި ހަބުގެ ގޮތުގައި އައްޑޫ ސިޓީއަށް ބަލައި، މި ސިޓީ ތަރައްގީކުރުމަށް ވަށާޖެހޭ ޕްލޭނެއް މި ސަރުކާރުން އެކުލަވާލިކަމަށާއި، އެކަން މި ސަރުކާރުން ދަނީ ތަންފީޒްކުރަމުންކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިގޮތުން އައްޑޫގެ މަގުތައް ހެދުމާއި، ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި، ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު އަދި ޓޫރިޒަމް ޒޯނު ތަރައްގީކުރުމުގެ މަޝްރޫއުތައް ދަނީ ކުރިއަށް.

މި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކާއިއެކު ސަރަހައްދުން ވަޒީފާގެ ފުރުސަތުތައް ފަހިވާންޖެހޭކަމަށާއި، އެއާޕޯޓު ތަރައްގީކުރުމާއިއެކު ފަތުރުވެރިކަން ފުޅާވާނެކަމަށް ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެކަމަށްޓަކައި ބޭނުންވާނެ އެނދުތައް އިތުރުކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާކަމަށެވެ. މިގޮތުން ހެރެތެރެ ތަރައްގީކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި، އައްޑޫގެ ވިލިގިލީގައި ގާއިމްކުރެވިފައިވާ ރިސޯޓު އަލުން ހުޅުވުމާއި، އަދި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ރިސޯޓުތަކެއް ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. އަދި މުޅި އަލަށް ފަސް ރަށެއް ހިއްކުމަށް ހަމަޖެހިފައިވާކަން ވަނީ ހާމަކުރައްވާފައެވެ.

އެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ. އަންނަމުން އަންނަމުން ގޮސް މިހާރު އެބަ ކުރިއަށްދޭ.

ހަމައެއާއިއެކު ގެސްޓު ހައުސްގެ ވިޔަފާރި ތަރައްގީކުރުމަށް ބިން ލިބިފައިވާ ފަރާތްތަކަށް ފައިނޭންސް ހޯދުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި ޕްރޮގްރާމެއް ރާވައިގެން، އެ މަޝްވަރާތައް ގެސްޓުހައުސްތަކުގެ ވެރި ފަރާތްތަކާއިއެކު ކުރަމުންގެންދާކަމަށް ވިދާޅުވިއެވެ. އެގޮތުން މި ހިނގާ މާޗު ނުވަތަ އޭޕްރިލް މަހުގެ ތެރޭގައި މޮބިލައިޒްކުރެވޭނެކަމަށް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

އައްޑޫގެ ފަތުރުވެރިކަމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އާންމުކޮށް ރާއްޖޭގައި އޮތް ފަތުރުވެރިކަމާއި އައްޑޫގެ ފަތުރުވެރިކަމާއި ތަފާތުކަމަށެވެ. އަދި އައްޑޫގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ޖަގާއެއް އެބަ އޮތްކަމަށް މި ސަރުކާރަށް ގަބޫލުކުރެވޭކަމަށާއި، އެހެން ނަމަވެސް އާންމު އުސޫލެއްގެ ގޮތުން ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް އެ ވިޔަފާރި ތަރައްގީކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެއީ އެކަމާއި ގުޅޭ އިންފްރާސްޓްރަކްޗަރ ގާއިމްކުރެވިފައި ނެތުމުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.

މިކަންކަން އެއްފަހަރާ ކުރަންޖެހިފައިވަނީ ޒަމާނުންސުރެ ”އަންނަނީ އަންނަނީ“ ގައި އޮތް އެއާޕޯޓު ތަރައްގީކުރުމާއި އަދި އިތުރު ކަންކަން ނުވެ އޮތީކަމައިކަމަށާއި، އެއާޕޯޓު ތަރައްގީކޮށްފައި އޮތްނަމަ، ޝަންގްރިއްލާ އަދި ހެރެތެރެ ބަނދުކުރަންނުޖެހޭނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ހަންކެޑަވެސް އެތައް ފަހަރަކު ކުންޏަށް ދޭން ނުޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ މި ސަރުކާރަށް ހުރިހާ ކަމެއް އެއްފަހަރާ ކުރަންޖެހިފައިވާކަމަށާއި، އަދި އެއީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ކަންކަންކޮށްފައިނެތުމުންކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިކަން ދަނީ ބިސްތޯ ކުކުޅުތޯ ދޮށިވާފަދަގޮތަކަށްކަމަށް ވިދާޅުވިއެވެ.

އައްޑޫގެ ގަން އިންޓަނޭޝާލް އެއާޕޯޓު ޕްރައިވެޓައިޒްކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ގަރާރަށް ރައްދުދެއްވާ ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، މިއީ މީގެ އެތައް އަހަރެއް ކުރިން ޕްރައިވެޓައިޒްކުރެވިފައިވާ ކުންފުންޏެއްކަމަށެވެ. މި ކުންފުނީގެ އާންމު ހިއްސާދާރުން އެބަތިބިކަމަށާއި، މިއީ ހަމައެކަނި ސަރުކާރުގެ ކުންފުންޏެއް ނޫންކަމަށް ވިދާޅުވިއެވެ.

އައްޑޫގައި ވަރަށް އާދައިގެ ޓާމިނަލެއް އަޅާކަމުގެ ވާހަކަ ބައެއް ބޭފުޅުން ފާހަގަކުރައްވާތީ އެކަމަށް ރައްދުދެއްވާ ފައްޔާޒް ވިދާޅުވީ މިތަން ތަރައްގިކުރާނެ ގޮތާއި އަދި މިންވަރު ކަނޑައެޅުމުގައި މި ފަރާތްތަކުގެ ވަރަށް ބޮޑު ހިއްސާއެއް އެބައޮތްކަމަށާއި، އަދި ފައިސާ ހޯދީ އެބޭފުޅުންނާއިއެކު މަޝްވަރާކުރެއްވުމަށްފަހުކަމަށެވެ. މިއީ އައްޑޫގެ އިގްތިސާދަށް އެންމެ އަވަހަށް ކުރިއެރުވެން އޮތްގޮތްކަމަށް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ފައިސާ ލިބުން މިހާރު ތަރައްގީކުރާ ތަން ތަޅާލާފައި އާތަނެއް އަޅާނީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: