ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރަ ބޮޑުކުރުމުން އިތުރަށް ހިނގާ ހަރަދުތައް ފޫބައްދާނެ އައު ގޮތްތަކެއް ފިނޭންސް މިނިސްޓަރަކަށް ބުނެއެއްނުދެވުނު!

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ދާއިރާތަކުގެ މުސާރަ ދިނުމަށްޓަކައި ދައުލަތުން ކުރާ ހަރަދު ބޮޑުވާނެތީ، އެކަން ފޫބެއްދުމަށްޓަކައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އައު ސިޔާސަތުތަކެއް ކަނޑައަޅާފައިނުވާކަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކައިން ހާމަވެއްޖެއެވެ.

ފާއިތުވެ ދިޔަ އަހަރުގެ ތެރޭގައި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވާއިރު، މިއަހަރުގެ ތެރޭގައި 3 ދާއިރާއެއްގެ މުސާރަ ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރައަށް މިހާރު ބޮޑެތި ބަދަލުތަކެއް ގެނެއިސްފައެވެ.

މިއީ ދައުލަތުގެ ބަޖެޓުން އެކަމަށް ފައިސާ ކަނޑައެޅިފައިވީ ކަންތައްތަކެއް ނަމަވެސް ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަންތައްތަކެވެ. ދައުލަތުން އަނބުރާދައްކަން ޖެހޭ ދަރަނިވެސް 100 ބިލިއަނުން މައްޗަށް ގޮސްފައިވާތީ، ބޮޑުކުރާ މުސާރައަށް ކުރާ ހަރަދުތައް ފޫބެއްދުމަށްޓަކައި ސަރުކާރުން ކަނޑައަޅާފައިވާ އަދި ކަނޑައަޅާނެ އައު ސިޔާސަތަުތަކަކީ ކޮބައިތޯ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި “ސަންގުން” ވަނީ މިނިސްޓަރާއި ސުވާލުކޮށްފައެވެ.

ޖަވާބުގައި މިނިސްޓަރު އަމީރު ތަފްސީލުކޮށްދެއްވީ މީގެ ކުރިންވެސް ސަރުކާރުން ތަންފީޒްކުރަމުން އަންނަ ސިޔާސަތުތަކެވެ. މިނިސްޓަރު އަމީރުގެ ވާހަކައިން ވަކި އައު ސިޔާސަތެއް ކަނޑައަޅާފައިނުވާކަން ހާމަވިއެވެ. ވިދާޅުވީ ބަޖެޓުގައި ފާހަގަކޮށްފައިވާ ހަރަދުތައް ކުރާނެކަމަށެވެ. އެގޮތުން ޕަބްލިކް ސެކްޓާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާއި، އަދި އިތުރު އެހެން ކަންކަންވެސް ކުރިއަށްދާނެކަމަށެވެ. ދައުލަތަށް އާމްދަނީ އިތުރުކުރުމަށްޓަކައި ހުށައަޅާކަންކަމާއި، އާމްދަނީ ލިބޭނެ ގޮތްތައްވެސް ބަޖެޓުގައި ހިމެނިފައިވާނެކަމަށާއި، އަދި ކުރިއާ ބަލާއިރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބަޖެޓުގައި ހިމެނޭނެ ޕޭހާމަނައިޒޭޝަން ކުރިއަށް ގެންދަން. ދެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވޭ ކަންކަން، މިސާލަކަށް އިއްޔަ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްޕެންޝަން ޕްރޮޖެޓަކީވެސް.

ޓެކްސް އާއި އެނޫން ގޮތް ގޮތުންވެސް ލިބޭ އާމްދަނީ އިތުރުވެފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ހަރަދުތައް ކުރަމުން ގެންދަނީ 2023 ވަނަ އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި އެއްގޮތަށްކަމަށެވެ. ވިޔަފާރިތައް ކުރިއެރުވުމަށް ކުރާ މަސައްކަތުން ޓެކްސް ބޭސްވެސް ބޮޑުވެގެންދާނެކަމަށާއި، އެހެންކަމުން ޓެކްސްގެ ގޮތުގައި އިތުރު އާމްދަނީ ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ޓެކްސް ބޭސް ބޮޑުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ދައުލަތަށް ފައިސާ ލިބެނީ ޓެކްސް މެދުވެރިކޮށް، ނޫނީ ބިމު ކުލިއާއި މިފަދަ ގޮތް ގޮތުންކަމަށް މިނިސްތަރު ވިދާޅުވީއިރު، މުސާރަތައް ބޮޑުކުރުމާއި ގުޅިގެން ކަނޑައެޅި އައު ސިޔާސަތެއްގެ ވާހަކައެއް މިނިސްޓަރު ފާހަގަކުރައްވާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: