ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރަ ބޮޑުކުރުމާއިއެކު ކޮންމެ އަހަރަކު އިތުރު 3.5 މިލިއަން ރުފިޔާ ހަރަދުވާނެ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނިވާސިޓީތަކުގެ ލެކްޗަރާއިންގެ މުސާރައަށް ގެނައި ބަދަލާއެކު ކޮންމެ އަހަރަކު އިތުރު 3.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ޔުނިވާސިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޔުނިވާސިޓީ މުވައްޒަފުންގެ މުސާރައަށް އައި ބަދަލާއެކު ކޮންމެ އަހަރަކު އިތުރަށް 3.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އަދި މިއީ 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ހިމެނޭ ކަންތައްތަކެއްކަން ފާހަގަކުރެއްވިއެވެ.

ލެކްޗަރައިން ނާއި ޔުނިވަރސިޓީތަކުގެ އިސްވެރިންގެ މުސާރަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި:

ޑީން: 30،000 ރުފިޔާއިން 38،000 ރުފިޔާއަށް

ރަޖިސްޓްރާ: 23000 ރުފިޔާއިން 42000 ރުފިޔާއަށް

ޑެޕިއުޓީ ވައިސް ޗާންސެލަރު: 39،000 ރުފިޔާއިން 48،000 ރުފިޔާއަށް

ވޮކޭޝަނަލް އެސޯސިއޭޓް ލެކްޗަރާ: 14،000 ރުފިޔާއިން 26،000 ރުފިޔާއަށް

ވޮކޭޝަނަލް ލެކްޗަރާ: 17،000 ރުފިޔާއިން 29،000 ރުފިޔާއަށް

ވޮކޭޝަނަލް ސީނިއާ ލެކްޗަރާ: 17،000 ރުފިޔާއިން 34،000 ރުފިޔާއަށް

ޔުނިވަރސިޓީތަކުގެ ލެކްޗަރައިންނާއި އިސްވެރިންގެ މުސާރަށް ގެނެވުނު މި ބަދަލާއެކު ޖުމްލަ 767 މީހުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް ރައީސުލްޖުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވިއެވެ. އަދި އެކަމަށް، އަހަރެއްގެ މައްޗަށް 63 މިލިޔަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ލެކްލެކްޗަރާއިންނަށް ދޭ އާ މުސާރަ ބޮޑުކުރެވިގެންދިޔަ ކަން ހާމަކުރެއްވިއިރު ފާއިތުވި މަހު އިއްވި ރިޔާސީ ބަޔާނުގައި ރައީސް ސާލިހް ވަނީ މި މަހު ލެކްޗަރާއިންގެ މުސާރައަށް އަންނަ ބަދަލު އިއުލާން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: