ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް އާއި އިމްރާން ބައްދަލުކުރައްވައިފި

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ބައްދަލުކުރައްވައިފިއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، އިމްރާންވަނީ ރޭ އިރުއޮއްސުނު ވަގުތު، ގާސިމްގެ އެއަރލައިން ފްލައިމީގެ މަތިންދާ ބޯޓެއްގައި އދ މާމިގިއްޔަށް ވަޑައިގެންފައެވެ. އެއަށްފަހު އެރަށުން ލޯންޗެއްގައި އިމްރާން ވަނީ ގާސިމްގެ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑަށް ވަޑައިގެންފައެވެ.

ގާސިމް އާއި އިމްރާން ރޭ ސަން އައިލެންޑްގައި ބައްދަލުކުރައްވާފައިވާ އިރު އެކަމާއި ގުޅޭ ތަފްސީލު ޖުމްހޫރީ ޕާޓި އަދި އަދާލަތު  ޕާޓީން ވެސް ހާމަކޮށްފައެއް ނުވެއެވެ.

އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެ ފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަށް އިސްކަން ދިނުމަށާއި، މެނިފެސްޓޯ އެކުލަވާލުމުގައި އަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް އެމްޑީޕީއާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވެސް އަދާލަތުން އޭރު ބުނެފައިވެއެވެ.

އިމްރާނަކީ ރައީސް ސާލިހްގެ ސިޔާސަތުތަކަށް ތައުރީފް ކުރައްވާ ބޭފުޅެކެވެ. އަދި އިދިކޮޅު ފަރާތްތަކަށް އެކި މުނާސަބަތުތަކުގައި ރައްދު ދިނުމުގައި އިމްރާނަކީ ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.

އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް ރިޔާސީ އިންތިހާބާއި މެދު ގޮތެއް ނިންމަވާނީ ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތާއި މެދު ވަރަށް ބޮޑަށް ވިސްނާވަޑައިގެން ކަމާއި މެދު އޭނާ ޝައްކު ނުކުރާ ކަމަށެވެ.

މީގެ އިތުރުން އިމްރާން ކުރެއްވި އެހެން ޓްވީޓެއްގައި ބުނެފައިވަނީ ސިޔާސީ މަސައްކަތުގައި އިހްލާސްތެރި ހިތަކައިގެން ދިގު މުއްދަތެއްގައި އެއް ގޮތެއްގައި ދެމިހުރެގެން މެނުވީ ހެޔޮ ނަތީޖާ އެއް ނުނެރެވޭނެ ކަމަށެވެ. ފަހަރުގައި އެ ޓްވީޓް އަމާޒުކޮށްފައިވަނީ ރައީސް ސާލިހް އާއި ދެކޮޅު ފަރާތްތަކަށް ކަމަށް ބެލެވެއެވެ.

ޓްވީޓްގެ އަނެއްބައިގައި އިމްރާން ވިދާޅުވެފައިވަނީ ނާކާމިޔާބު ވުމަކީ އިރުއިރުކޮޅާ ގޮތް ބަދަލު ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އިމްރާން އެހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިން ނާކާމިޔާބު ވެވަޑައިގަތުމާއި އެކު ގާސިމް އާއި ގުޅުން ބަދަހި ކޮށް ރައީސް ސާލިހް އާއި ދެކޮޅުވެރިވެފައިވާ ދަނޑިވަލެއްގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: