ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ ޝަކީލް ހައިކޯޓަށް އައްުޔަން ކުރުމަށް ނިންމި ނިންމުން މަޖިލީހަށް

ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓްގެ އިސްގާޒީ އަހުމަދު ޝަކީލް ހައިކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ބަލައިދިނުމަށް އިދިކޮޅުން އެދިފިއެވެ.

ގާޒީ ޝަކީލް އަކީ ޕީޕީއެމް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ގާޒީއެވެ.

ޔާމީންގެ ވެރިކަމުގައި ހިނގާދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެެއިން ވ އާރަށް ކުއްޔަށް ދޫކޮށްގެން ލިބުނު 1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގައި އެ ފައިސާ ލޯންޑަރ ކުރި ކަމަށް އުފުލާފައިވާ ދައުވާ އާއި މަނީ ލޯންޑަރިންގ ގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރު ހުކުމް ކޮށްފައެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޔާމީނަށް ހުކުމް ކުރުމުގައި ކޮރަޕްޝަންގެ އަމަލުތައް ވަރަށް ބޮޑަށް ހިމެނޭ ކަމަށް ބެލެވޭ ކަމަށެވެ. އަދި މީގެ ކުރިންވެސް ޔާމީން ޖަލަށް ލުމަށް ކުރި އިރު، ކްރިމިނަލް ކޯޓްގެ ބެންޗްގައި އިންނެވި ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކޮށްފަިއވާއިރު ފަހުން ގާޒީ ޝަކީލަށް ވެސް ކުރިއެރުން ދޭން ނިންމާފައިވާތީ ޔާމީންގެ މައްސަލައށް ނުފޫރު ފޯރާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އެ މައްސަލަ ޖުޑީޝަރީ ކޮމިޓީން ބަލައި ދިނުމަށް އާދަމް ޝަރީފް ފޮނުވި ސިޓީގައި އެދިފައިވާއިރު އިދިކޮޅުން  ވަނީ އެ މައްސަލައާއި ގުޅިގެން ޖޭއެސްސީއަށް ވެސް ގޮސްފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތު ވަނީ ރައީސް ޔާމީނަށް ގެއްލިފައެވެ. އެއީ ގާނޫނު އަސާސީގައި ރައީސްކަމަށް ވާދަކުރާ ފަރާތެއްގެ ކިބައިގައި ހުރުމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމް ތަންފީޒްކޮށް ނިމޭތާ ނުވަތަ ކަނޑައެޅުނު އަދަބު މާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާންޖެހެއެވެ.

އެހެންކަމުން ރައީސް ޔާމީން އަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިވަގުތު ވަނީ ގެއްލިފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ދަނީ މާލޭގައި ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: