ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މަސައްކަތްތައް ފެއިލްކޮށްލުމަށް ކުރަމުންދާ ކަންކަމުގެ ސަބަބުން ހުރިހާ ގެއްލުމެއްވެސް ލިބިގެންދަނީ ރައްޔިތުންނަށްކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ދަރަނީގެ އަދަދުތައް އިންތިހާއަށް ބޮޑުވެފައިވާކަމަށާއި ބަނގުރޫޓުވެދާނެ ބުނެ ރީސްޓްރަކްޗާކުރުމަށް ސަރުކާރާއި އިދިކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ގޮވާލަމުންދާއިރު، ޝަރީފް ވަނީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖެ ބަނގުރޫޓު ނުވާކަން އެންމެހާ ފަރާތްތަކަށްވެސް ސާފުވާނެކަމަށެވެ.
ޝަރީފް ވިދާޅުވީ، މާލީ އިދާރާތަކުން ރާއްޖެއަށް އޮންނަ އިތުބާރު ގެއްލުވާލުމަށް ބައެއް މަޖިލިސް މެމްބަރުން މަސައްކަތްކުރަމުންދާކަމަށެވެ. އަދި އެ މަސައްކަތްކުރަމުންދަނީ ރާއްޖެ ބަނގުރޫޓުނުވާކަން އެނގިވަޑައިގެން ތިއްބަވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެކަން ކުރަމުންދަނީ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ބޭރުގެ ފައިނޭންސްތަކަށް ހުރަސް އެޅުމަށްކަމަށެވެ. ޝަރީފް ވިދާޅުވީ، އިދިކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ހިންގަމުންދަނީ ނުރައްކާތެރި ހަރަކާތެއްކަމަށެވެ.
Majlis beynun koggen mihigaa haraathakee @ibusolih ge sarukaarun hingaa tharaggee ge mashroou thakah beynun vaa fund hoadhumah huras elheyne gotheh hedheythoa hingaa harakaatheh. Hurihaa gellumeh mikamunves vaanee rayyithunnah.
— Ibrahim Shareef (@AdduShareef) March 7, 2023
އޭނާ ވިދާޅުވީ، ސަރުކާރަށް ޖެއްސުން ކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ ރައްޔިތުންގެ މަޖިލީސް ބޭނުންކޮށްގެންކަމަށެވެ. އަދި އެއީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފަނޑު ހޯދުމަށް ހުރަސް އެޅުމުގެ މަގުސަދުގައި ކުރާ ކަމެއްކަމަށާއި، އެކަމުގެ ސަބަބުން ހުރިހާވެސް ގެއްލުމެއް ލިބިގެންދަނީ ރައްޔިތުންނަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، އަބުރާ ދައްކަން ޖެހޭ ހުރިހާ ފައިސާއެއް އެއްބަސްވުްތަކާއި އެއްގޮތް ވާގޮތުގެ މަތިން ސަރުކާރުން ދައްކަމުންދާކަމަށެވެ. އެހެންކަމުން މަޖިލީހަށް ގަރާރެއް ހުށައަޅައިގެން ރާއްޖޭގެ ދަރަނިތައް ދެއްކެން ނެތްކަމަށް އިއުލާނުކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ފަހަތުގައި ބޮޑު ސިއްރެއް ވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.


One Response
ޝަރީފްއަށް ވާން ގެއްލުން މާބޮޑުވާނެ!