ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު، އިމްރާން ދިފާއުކުރައްވައިފި!

ހޯމް މިނިސްޓަރ އިމްރާން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަތޮޅުތެރޭގެ ރައްޔިތުންނަށް ކުޑައިމީސްކޮށް ވާހަކަފުޅު ދެއްކެވި ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިސްޓަރު އިމްރާން ދިފާއުކުރައްވައިފިއެވެ.

މިއަދުގެ މަޖިލީހަށް އިމްރާން ހާޒިރުކުރުކޮށް ސުވާލު ކުރެވުނުއިރު މެންބަރު ނަޝީދު ވަނީ އިމްރާން ރާއްޖޭގެ ވަކި ރައްޔިތުންތަކަކަށް މިނިސްޓަރު ކުޑައަމީސްކޮށް ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެެވެ. އެގޮތުން “ރާއްޖެތެރެ” އޭ ބުނެ ދިވެހި ރައްޔިތުން ނިކަމެތި ވާ ގޮތަށް މިނިސްޓަރު ވާހަކަފުޅު ދެއްކެވި ކަމަށް މެންބަރު ނަޝީދު ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ރަށްތަކުގައި ޕޮލިސް ސްޓޭޝަންއެއް އެޅުމަށް 25،000 ރުފިޔާ ބޮޑުވާއިރު، މާލޭގައި ޕޮލިސްޓޭޝަނެއް އެޅުމަށް އެ މިންވަރަށް ފައިސާ ހަރަދުވުމުން ބޮޑުނުވަނީ ކީއްވެގެންތޯ މެންބަރު ވަނީ ސުވާލުކުރައްވާފައެވެ. އަދި އޭގެ އިތުރުން މެންބަރު ވަނީ ނޮޅިވަރަމްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރެވޭނީ ކޮންއިރަކުތޯވެސް ސުވާލުކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ނޮޅިވަރަމްގައި މިހާރުވެސް ފުލުހުންގެ ހިދުމަތް ގާއިމްކޮށްފައިވާކަމަށެވެ. ނަމަވެސް އެ ހިދުމަތް އިތުރަށް ތަރައްގީކުރަންޖެހޭކަމަށް އޭނާވެސް ގަބޫލުކުރައްވަންކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ކަންކަން ފުރިހަމަކުރުމަށްޓަކައި މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިމްރާން ވިދާޅުވިއެވެ.

ދައުލަތުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރުކުން އިރާދަކުރެއްވިއްޔާ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން.

އިމްރާން ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ރައްޔިތުންނަށް މިނިސްޓަރު ކުޑައިމީސްކޮށް ވާހަކަފުޅު ދެއްކެވި ކަމަށް މެންބަރު ވިދާޅުވެފައިވާތީ، އިމްރާން ވަނީ އެހެން އެކަންކުރެވިފައިވާނަމަ މައާފަށް އެދޭކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަކީވެސް އަތޮޅުތެރޭގެ މީހެއްކަމަށް ފާހަގަކުރެއްވިއެވެ. އެއާއިއެކު ރައީސް ނަޝީދު ވަނީ އިމްރާން ދިފާއު ކުރައްވާ މިނިސްޓަރު އެފަދަ އިބާރާތަކުން ވާހަކަނުދައްކަވާކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: